މުޞީބާތާއި ހިތްދަތިކަމުގެ ވަޤުތުތަކުގަ އީމާންކަމުން ކުރާ ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މުޞީބާތާއި ހިތްދަތިކަމުގެ ވަޤުތުތަކުގަ އީމާންކަމުން ކުރާ ފައިދާ-

އީމާންކަމާއި ކެތްތެރިކަމާއި ހުރި ގުޅުން މިއަދު މިވަނީ ގިނަ ބައަކަށް އޮޅިފައެވެ. މުޞީބާތާއި ހިތްދަތިކަމުގެ ވަޤުތުތަކުގައި އީމާންކަމުން ކުރާ ފައިދާ ގިނަ ބައަކަށް ނުވިސްނެއެވެ. އެހެންވެ އެފަދަ ވަޤުތެއްގައި އީމާންކަން ކޮށްދެނީ ކޮންކަމެއްކަމާއިމެދު ސުވާލު އުފައްދާ މީހުންނަށް ބުނެލަމެވެ. 

އީމާންކަން ހުރިނަމަ ދެ ގޮތަކުން ފައިދާކުރާނެއެވެ. އެތަނުން ފުރަތަމަ ކަމަކީ ކުރިމަތިވެފައިވާ މައްސަލަވެސް އެކަމުގެ ވަޤުތު ޖެހުމުން ޙައްލުވެގެންދާނެކަން ޤަބޫލުކުރެވޭނެއެވެ. މާނައަކީ ﷲ ތަޢާލާ ތިމާއަށްވެސް އެކަމުން ސަލާމަތްވެވޭނެ މަގެއް ދައްކަވައި ދެއްވަވާނެކަން ޔަޤީންކުރެވޭނެއެވެ. 

އެކަމުން ކުރާނެ ފައިދާއަކީ ކެތްތެރިކަން ލިބުމެވެ. ކެތްކުރާނެ ހިތްވަރުލިބުމެވެ. ކަންބޮޑުވުން ކުޑަވުމެވެ. 

ދެވަނަ ފައިދާއަކީ ހިތްދަތިކަމެއް ނުވަތަ ތަކްލީފެއް ކުރިމަތިވި ނަމަވެސް އެކަންކަމާއިއެކުގައިވެސް ތިމާއަށް ﷲ ތަޢާލާ ނިޢުމަތްތަކެއް ދެއްވަވާފައިވާކަން ޤަބޫލުކުރެވޭނެއެވެ. އެތައް ގޮތަކުން ރަހްމަތް ލައްވަވާނެކަންވެސް ޤަބޫލުކުރެވޭނެއެވެ. 

ނިކަން ބުނެބަލާށެވެ! ހިތްދަތިކަމާއި މުޞީބާތްތަކުން ސަލާމަތްވެ ހުރެވޭނީ ކާކަށް ހެއްޔެވެ؟ އެމީހަކު ނުހުންނާނެއެވެ. ވީމާ ކޮންމެ މީހަކަށްވެސް ދަތި އުނދަގޫ ކަންކަން ކުރިމަތިވާނެއެވެ. އެފަދަ ޙާލަތެއް މެދުވެރިވުމުން މިފާހަގަކުރި ދެކަންތައް އެމީހެއްގެ ކިބައިގައި ނެތް ނަމަ އެމީހަކަށް އެކަމަކުން އަރައިގަނެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

އެފަދަ ވަޤުތެއްގައި ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް މުހިންމުވާނީ ކެތްތެރިކަމެވެ. ކެތްތެރިކަން ލިބުން އޮތީ މިބަޔާންކުރިފަދައިން ޝުކުރެވެރިވެވިގެންނެވެ. ވީމާ އެފަދަ ޙާލަތެއްގައި ޝުކުރުވެރިވުމާއި ކެތްތެރިކަމަކީ ގުޅިލާމެހިފައިވާ ދެކަންތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން