ކައިވެނިކުރުމަށްފަހުވެސް ދެމަފިރިންނަށް ޙަރާމް ކަންތައްތަކާ ހުއްދަ ނޫން ކަންކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކައިވެނިކުރުމަށްފަހުވެސް ދެމަފިރިންނަށް ޙަރާމް ކަންތައްތަކާ ހުއްދަ ނޫން ކަންކަންކަން!

ކައިވެނިކުރުމަށްފަހު ދެމީހުން ބޭނުންވާނަމަ ކޮންމެ ކަމެއްވެސް ކުރުން ހުއްދަވާނެތޯ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ ކައިވެނިކުރުމުން ހުއްދަވަނީ ކައިވެނިކުރުމުން ކުރަން ހުއްދަކުރައްވަވާފައިވާ ކަންކަމެވެ. އަދި ކައިވެނި ކުރިނަމަވެސް އެކަމެއް ކުރަން ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއްކުރުން ހުއްދައެއް ނުވާނެއެވެ. 

ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ

ކައިވެނިކުރުމަށްފަހުގައިވެސް ދެމަފިރިންނަށް ޙަރާމްވެގެންވާ ބައެއްކަންކަން އެބަހުއްޓެވެ. އެގޮތުން އެންމެ ފުރަތަމަ ދެކަމަކީ ލިވާތުކުރުމާއި ހައިޟު ދުވަސްތަކުގައި (ހިނައި ޠޯހިރު ނުވެ) ޖިމާޢުވުމެވެ. ޖިމާޢު ނުވެ ދެމަފިރިން ލޯބިކުރުން ހުއްދައެވެ. އަނބިމީހާގެ ޞިއްހަތު ތަންދޭނަމައެވެ. 

ތިންވަނަ ކަމަކީ ދެމަފިރިން އެއްދާންކުރާއިރު އަނިޔާވެރި އެއްވެސް އަމަލެއް ނުކުރުމެވެ. ފިރިމީހާއަށް ވެސް އަދި އަނބިމީހާއަށްވެސް އަނިޔާއެއް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ކުރުން ހުއްދައެއް ނޫނެވެ. 

ހަތަރުވަނަކަމަކީ މިޒަމާނުގައި އުފައްދައިގެން މިއުޅޭ ތަކެތި ބޭނުންކުރުމެވެ. ޖިންސީ ގުޅުން ހިނަގަން ދެމަފިރިންނަމަވެސް ބޭނުންކުރަންވާނީ ޖިންސީ ގުނަވަނެވެ. އިންސާނާގެ ގުނަވަންތަކެވެ. ޖިންސީ ގުޅުން ހިންގަން އުފައްދައިގެން މިއުޅޭ އެއްވެސް އެއްޗެއް ބޭނުންކުރުން ހުއްދައެއް ނޫނެވެ. 

ހުއްދަ ނޫން ކަންކަން ކަމަށް އަހަރެން މިބުނި ކަންކަން ވެސް އަހަރެން ދެކެނީ ހަމަ ޙަރާމްކަންކަމުގެ ގޮތުގައެވެ. އެހެނީ ކައިވެނިކުރި ނަމަވެސް ދެމީހުން ޢަމަލުކުރަންވާނީ އިސްލާމް ދީނުގައި ކުރުން ހުއްދަ ކަންކަމެވެ. ޙަރާމް ގޮތުގައި އެއްވެސް ކަމެއް ކުރުން ހުއްދައެއް ނޫނެވެ. 

ބައެއް މީހުން ފިލްމްތައް ބަލާފައި ފެންނަ ގޮތަށް ކަންކަން ކުރަން ބޭނުންވެއެވެ. ފުރަތަމަ ކަމަކީ ފިލްމްބެލުން ޙަރާމްކަމެވެ. އެއީ ފާފައެއް ނޫންކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ދެމަފިރިން އެކުގައި ތިބެގެންވެސް އެހެން މީހުންގެ ބަރަހަނާ ގުނަވަންތައް ބެލުމަކީ ހަމަ ޙަރާމްކަމެކެވެ.

– ޝައިޚް ނަވައިދު ޢަޒީޒްގެ ދަރުސަކުން

މިއަދު އޮންލައިން