އިސްލާމް ދީނުގަ ނެތް ގޮތަށް ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ ޙުއްޖަތަކަށް "ޒުރޫރީ ޙާލަތު" ހެދުމަކުން އެކަމެއް ހުއްދައެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އިސްލާމް ދީނުގަ ނެތް ގޮތަށް ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ ޙުއްޖަތަކަށް "ޒުރޫރީ ޙާލަތު" ހެދުމަކުން އެކަމެއް ހުއްދައެއް ނުވާނެ!

އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު މުސްލިމުންނަށް ކުރުން ހުއްދަ ނޫން ވިޔަފާރިއެއް ކުރަން ފަށައިފިއެވެ. އެއީ ކުރުން ހުއްދަ ނޫން ވިޔަފާރިއެއްކަމަށް އޭނާ ޤަބޫލުވެސް ކުރެއެވެ. އެހެންކަމާއިއެކުގައިވެސް އޭނާ ބުނަނީ އޭނާގެ ދަރަނިތަކުން ސަލާމަތްވާން ވަރަށް ގިނަ ފައިސާ  ބޭނުންވާތީ އެވިޔަފާރިކުރަން އޭނާއަށް މަޖުބޫރުވަނީ ކަމަށެވެ. ޙާލަތު މަޖުބޫރުވަނީ ކަމަށެވެ. 

އަޅުގަނޑުގެ ސުވާލަކީ އެފަދަ ޢުޒުރެއް އޮތް ނަމަ ހުއްދަ ނޫން ވިޔަފާރިއެއް ކުރަން ހުއްދަވާނެތޯއެވެ؟ 

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާފަދަ މައްސަލައަކާއި ގުޅިގެން ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ދުވަހަކު ދަރަނިން ސަލާމަތް ނުވިޔަސް، މީހާ ބަނގުރޫޓުވިޔަސް ހުއްދަ ނޫން ވިޔަފާރިއެއް ނުކުރާށެވެ! އެއިރުން ﷲ ތަޢާލާގެ ޙަޟްރަތުގައި ވާނެ ބަނގުރޫޓުވުމުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ." 

ތިރީގައިވާ ލިޔުންވެސް ކިޔައިލާށެވެ! 

މިހާރަކަށް އައިސް ފެންނަމުން މިދަނީ އިސްލާމް ދީނުގައި ކުރުން ހުއްދަ ވެގެން ނުވާ ކޮންމެ ކަމެއް ކުރަން ބޭނުންވުމުން ޙުއްޖަތަކަށް "ޒުރޫރީ ޙާލަތު" ނުވަތަ "ޙާލަތު ޒުރޫރީ" ހަދަމުން ގެންދާ ތަނެވެ. 

މިސާލަކަށް ރިބާ ހިމެނޭ ލޯނެއް ނަގަން ބޭނުންވި ނަމަވެސް ބުނަނީ "ޒުރޫރީ ޙާލަތު" މެދުވެރިވީކަމަށެވެ. 

އެއްވެސް ބާވަތެއްގެ ސިހުރެއް ހެދުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ. މީހަކު ތިމާއަށް ހަދާފައިވާ ސިހުރެއް ބާޠިލުކުރަން ނަމަވެސްމެއެވެ. ނަމަވެސް ތިމާ ސިހުރެއް ހަދަން ނުވަތަ ހައްދުވަން ބޭނުންވެއްޖެ ނަމަ ބުނަނީ "ޒުރޫރީ ޙާލަތު" ކަމަށެވެ. 

މިފަދަ ހުރިހާ ކަމެއްވެސް ގުޅުވަނީ ހަމަ ޒުރޫރީ ޙާލަތާއިއެވެ. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކަށް މިވަނީ ވެފައެވެ. ޒުރޫރީ ޙާލަތަކީ އިސްލާމް ދީނުގެ ކަންކަމަށް، ޙަރާމް ޙަލާލަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރަކަށް ހެދުމަކީ ބުއްދިއަށް ޤަބޫލުކުރެވޭނެ ގޮތެއް ނޫނެވެ. އަދި ދީން ހުއްދަކުރާނެ ގޮތެއްވެސް ނޫނެވެ.

މިއަދު އޮންލައިން