ޝައިޠޯނާ ވަސްވާސްދޭ ގޮތްތަކާ ރައްކާތެރިވާން ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޝައިޠޯނާ ވަސްވާސްދޭ ގޮތްތަކާ ރައްކާތެރިވާން ޢަމަލުކުރަންވީ ގޮތް-

ﷲ ތަޢާލާ ލަޢްނަތް ލައްވަވާފައިވާ ޝައިޠޯނާ މީސްތަކުންނަށް ވަސްވާސްދޭނެކަމާއި ޑޭކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ. ދެން ބައެއް މީހުން ކުރާ ސުވާލަކީ ވަސްވާސްދެނީ ކިހިނަކުންހެއްޔެވެ؟ 

ޝައިޠޯނާ ވަސްވާސްދޭ ގޮތްތައް ވަރަށް ގިނައެވެ. މިޘާލަކަށް ތިބާއަށް ރީތި މީހަކު ލޮލަށް ދައްކުވައިގެން އޭނާ އާއި ގޫލުން ހިންގަން ޝައުޤުވެރިކުރުވައިފާނެއެވެ. ކަންފަތަށް އަޑެއް އިއްވައިގެންވެސް ފާފަކުރަން ޝައުޤުވެރިކުރުވައިފާނެއެވެ. އެންމެ ގިނައިން ވަސްވާސްދޭނީ ހިތަށެވެ. ހިތްލައްވައި ބުއްދިއަށް މެސެޖް ފޮނުވައިގެންނެވެ. 

ވީމާ އަހުރެމެން މުސްލިމުން އަބަދުވެސް ތިބެން ޖެހޭނީ މިފަދަ ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ފާރަވެރިވެގެންނެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ސަމާލުކަންދީގެންނެވެ. އެކަމަށްޓަކައި ފުރަތަމަވެސް ކުރަން އޮތް ޢަމަލަކީ ނަމާދުތައް ބަރާބަރަށް ކުރަމުން ގެންދިއުމެވެ. ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައްކުރުމެވެ. ވަކިން ޚާއްޞަގޮތެއްގައި ފަތިސްނަމާދުގެ ޖަމާޢަތަށް ރައްކައުތެރިވުމެވެ. 

ފަތިސްނަމާދުގެ ޖަމާޢަތަށް ރައްކައުތެރިވުމަކީ އީމާންކަން ވަރަށް ވަރުގަދަ މީހުންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. މުސްލިމުންގެ އަދަދު މިހައި ގިނަ ނަމަވެސް ފަތިސްނަމާދު ޖަމާޢަތުގައި ކުރާ މީހުންގެ ޢަދަދު މިހައި މަދުވެގެން މިއުޅެނީ އެހެންވެގެންނެވެ. 

ފަތިސްނަމާދުގެ ޖަމާޢަތަށް ރައްކައުތެރިވާން މިބުނާ އެންމެ ބޮޑު އެއް ސަބަބަކީ ފަތިސްނަމާދުގެ ޖަމާޢަތަށް ޙާޒިރުވުމުން އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯތްބާއި ކިޔަމަންތެރިކަން ހާމަވެގެންދާތީއެވެ. އަދި ފަތިސް ނަމާދުކުރުމުން އެމީހަކަށް އެދުވަހު ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތީއެވެ. މުޅި ދުވަހުގެ ކާމިޔާބީ ފަތިސްނަމާދާއި ގުޅިފައިވާތީއެވެ. ﷲ ތަޢާލާގެ ަރއްކައުތެރިކަމުގައި ހުންނަ މީހަކާއި ޝައިޠޯނާއަށް ވައިވެސް ނޭޅެވޭނެތީއެވެ. 

ދެން ބުނެލަން އޮތީ ދެއިރާއި ރޭގަނޑު ނިދަމުން ކިޔަންހުރި ޛިކުރުތައް ކިޔުން ދޫކޮށްނުލާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން