މުސްލިމަކު ދެ ކަމެއްގައި ސާބިތުވެއްޖެނަމަ އެމީހަކަށް ހުންނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން އަބަދުވެސް ލިބިލިބި-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
މުސްލިމަކު ދެ ކަމެއްގައި ސާބިތުވެއްޖެނަމަ އެމީހަކަށް ހުންނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން އަބަދުވެސް ލިބިލިބި-!: މުފްތީ މެންކް

1 އެހެން މީހުންނަށް ބަސްބުނުން/ވާހަކަދެއްކުން:

ކޮންމެ މީހަކާއި ވާހަކަދެއްކިނަމަވެސް ލޯތްބާއި އޯގާތެރިކަމާއިއެކު ވާހަކަދައްކާށެވެ! އެންމެންނަކީ އެމީހުންނަށް ކުރިމަތިވެފައިވާ ކަންކަމުގެ ވާހަކަ އެންމެންނަށް ހާމަކުރާނެ ބައެއް ނޫނެވެ.

ވީމާ ވާހހަކަ ދެކެވޭ މީހާހުރީ ކިހައިވަރެއްގެ ކަންބޮޑުވުމެއްގައިކަމެއް ނުއެނގޭނެއެވެ. ބަސް ބުނެވޭ ރާގުންވެސް ޢިބާރާތުންވެސް އެމީހާގެ ހިތަށް ކިތަންމެ ބޮޑު އަސަރެއްވެސް ކޮށްފާނެއެވެ.

2 އެހެން މީހުންނަށް ހެޔޮކޮށް ހިތުން:

ހަމައެއާއިއެކު ކޮންމެ މީހަކާއިމެދުވެސް ހެޔޮކޮށް ހިތާށެވެ! އޯގާތެރިވާށެވެ! އެހީތެރިވެދޭށެވެ! އަނެކާ އެހުރީ ތިބާގެ އެހީތެރިކަމަށް ކިހައި ބޮޑަކަށް ބޭނުންވެފައިކަމެއް ނުވެސް އެނގޭނެއެވެ. އެއީ އެންމެންނަކީ ކިތަންމެ ދަތިޙާލުގައި އުޅުނު ނަމަވެސް އެހީތެރިކަމަށް އެދި އަތްދިއްކުރާނެ ބައެއް ނޫނެވެ.

މީހަކު އެހެން މީހުންނަށް އެހީތެރިވުންމަތީގައި ހުންނަނަމަ ﷲ ތަޢާލާ ވޮޑިގެންވަނީ އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައެވެ.

މި 2 ކަންތަކުގައި ސާބިތުވެއްޖެ މީހަކަށް އެހެރުވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބިލިބިއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން