އަލަށް އިސްލާމްވެ ބުރުގާއަޅާ މި އަންހެންމީހާ މިބުނާ ވާހަކަ ބުރުގާ ނާޅާ މުސްލިމް އަންހެނުން ނިކަން އަޑުއަހާބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އަލަށް އިސްލާމްވެ ބުރުގާއަޅާ މި އަންހެންމީހާ މިބުނާ ވާހަކަ ބުރުގާ ނާޅާ މުސްލިމް އަންހެނުން ނިކަން އަޑުއަހާބަލަ!

އަހުރެމެން އިސްލާމް ވުމަށްފަހު ބުރުގާ އަޅައި އަޢުރަ ނިވާކުރާތީ އަހުރެމެން އެކަންކުރަނީ ކީއްވެގެންތޯ ގިނަ ބައަކު ސުވާލުކުރެއެވެ. އަދި އެކަމުން ކުރާ ފައިދާއަކީ ކޮބައިތޯވެސް ސުވާލުކުރެއެވެ.

އެމީހުންނަށް އަހުރެން ކިޔައިދެމެވެ. 

އަހުރެމެން ބުރުގާ އަޅައި އަޢުރަ ނުވާކުރަނީ އެކަމަކީ ކީރިތި ޤުރްއާނުގައި އަހުރެމެންނަށް ކުރަން ފަރުޟު ކުރައްވަވާފައިވާ ކަމަށްވާތީއެވެ. މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވުމަށެވެ. 

ދެވަނަ ކަމަކީ އަހުރެމެންނަކީ މުސްލިމުން ކަމުގައިވާތީ ކާފިރުންނާއި ތަފާތުވާން ބޭނުންވެއެވެ. މުސްލިމުންގެ ގޮތުގައި މީހުންގެ ކުރިމައްޗަށް ނުކުމެ އަހުރެމެންނަކީ މާތް ﷲ ގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ މަންދޫބުންކަން އެންމެންނަށް ދައްކަން ބޭނުންވެއެވެ. 

މިއިން އަލަށް އިސްލާމްވި އަންހެނަކު ބުނެފައިވާ ވާހަކަކޮޅެކެވެ. 

އޭނާގެ ވިސްނުމަށް ތައްރީފްކޮށް ހިތްވަރުޑޭން ޖެހެއެވެ. ޤިޔާމަތް ދުވަހު ޞިރާޠު މަގު ހުރަސްކުރަން ކުރާ ދަތުރުގައި މުސްލިމުންނާއި ކާފިރުން ވަކިކުރައްވަވާނެތެވެ. މުސްލިމުންނަށް ނޫރެއް ދެއްވަވާނެތެވެ. އެނޫރުން ކާފިރުން މަޙްރޫމް ކުރައްވަވާނެތެވެ. 

ވީމާ ދުނިޔޭގައިވެސް ތަފާތުވެގެން ތިބެން ނިންމުމަކީ އަހުރެންގެ ނަޒަރުގައި ވަރަށް ރަނގަޅު ނިންމުމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން