ނަމާދު ފުރިހަމައަށް އަދާކުރާނަމަ އެމީހަކު މަރުވުމުން އޭނާ ކުރި ނަމާދު ކައްވަޅުގަ އެމީހަކަށް ކުރިމަތިވާ މުޞީބާތްތަކާ ޢަޛާބުން ސަލާމަތް ކޮށްދޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ނަމާދު ފުރިހަމައަށް އަދާކުރާނަމަ އެމީހަކު މަރުވުމުން އޭނާ ކުރި ނަމާދު ކައްވަޅުގަ އެމީހަކަށް ކުރިމަތިވާ މުޞީބާތްތަކާ ޢަޛާބުން ސަލާމަތް ކޮށްދޭނެ!: މުފްތީ މެންކް

ނަމާދާއިމެދު ފުންކޮށް ވިސްނައިފިނަމަ ނަމާދުން އެމީހަކަށް ޙާޞިލްނުކުރެވޭނެ ކަމެއް ނެތެވެ. ދުނިޔޭގެ ދިރިއުޅުމުގައި ފައިދާކުރެއެވެ. މަރުވުމުން ކައްވަޅުގައި ފައިދާކުރެއެވެ. ޤިޔާމަތް ދުވަހު ސުވަރުގެ ލިބެން އޮތީ ނަމާދުކޮށްގެންނެވެ. 

ފަރުޟު ނަމާދު ފުރިހަމައަށް އަދާކުރާ މީހާ މަރުވުމުން އެމީހަކުކުރި ނަމާދު އެމީހާ ކައްވަޅަށް އުފުލާނެއެވެ. އަދި އެމީހަކާއިއެކު ކައްވަޅުގައިވާނެއެވެ. އަދި ކައްވަޅުގައި އެމީހަކަށް ކުރިމަތިވާ މުޞީބާތްތަކާއި ކައްވަޅުގެ ޢަޛާބުން އެމީހަކު ސަލާމަތް ކޮށްދޭނެއެވެ. ކަށިޖަހަން އަންނަ ނަގުލަންދާށިތަކާއި ވިހަލާން އަންނަ ބޮޑެތި ހަރުފަތަކުން ވެސް ސަލާމަތްކޮށްދޭނެއެވެ. 

ފަރުޟު 5 ނަމާދު ޤަވާއިދުން ކުރާ މީހަކަށް ނަމާދެއް އެޅިއްޖެނަމަ އެކަމާއިމެދު ވަރަށް ބޮޑަށް ދެރަވާނެއެވެ. ކަންބޮޑުވާނެއެވެ. ޤަޟާ ވެސް ކުރާނެއެވެ. ނަމަވެސް ގިނަގިނައިން އަޅަން ފަށައިފިނަމަ އޮންނާނީ ޤަޟާ ވެސް ނުކުރެވިފައެވެ. މިފަދައިން ގޮސް އެންމެފަހުން އެމީހާ ބަދަލުވެގެންދަނީ ނަމާދަށް ފަރުވާ ކުޑަކުރާ މީހަކަށެވެ. ބައެއް ފަހަރު ހިތަށް އެރީމާ ނަމާދުކުރާ މީހަކަށެވެ. މިއީ އިސްލާމް ދީނުގައި އަމަލުކުރަން އޮތް ގޮތެއް ނޫނެވެ. 

މިއަދު ނަމާދުނުކޮށް ނުވަތަ ނަމާދަށް ފަރުވާ ކުޑަކުރަމުން ތިއައުޅެނީ ކޮން މޮޅުކަމެއް ހޯދޭނެ ކަމަށްހެއްޔެވެ؟ ކިތަންމެ ބޮޑު ޝަރަފަކާއި މުއްސަނދިކަމެއް ހޯދި ނަމަވެސް ތިބާގެ ނަންވެސް ގިނަ ބައަކު ހަނދާން ހުންނާނީ އެންމެ ދެ ތިން ޖީލަށެވެ. އަދި ދުނިޔެ ނިމެންދެން ދެމި އޮތް ނަމަވެސް އެކަމުން ތިބާއަށް ކައްވަޅުގައި ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެއެވެ. 

ނަމަވެސް ތިބާގެ ނަމާދުތައް ފުރިހަމައަށް ކޮށްފައިވާނަމަ އެކަމުގެ ފައިދާ ދާއިމަށް ކުރާނެއެވެ. ކައްވަޅުގައިވެސް އަދި ޤިޔާމަތް ދުވަހުވެސް ކުރާނެއެވެ. މަރުވުމުން ދެން ކުރިމަތިލާން ޖެހޭ ނިމުމެއް ނެތް ޙަޔާތަށް އެކުގައި ކުރާނެއެވެ. ކައްވަޅުގައި ހޭދަކުރަންޖެހޭ ބަރްޒަޚްގެ ޢާލަމާއި ޤިޔާމަތް ދުވަހާއި ކުރިއަށް އޮތް ނިމުމެއް ނުވާ ހަޔާތްވެސް ހިމެނޭ ގޮތުންނެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން