ތިބާއަށް ކިތަންމެ ބޮޑު ދެރައެއް ދިނަސް އަޚާއަށް/އުޚުތާއަށް ދެރައެއް ލިބުން އެދި ދުޢާކުރާނަމަ މިއުންމަތުން ބޭރުވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތިބާއަށް ކިތަންމެ ބޮޑު ދެރައެއް ދިނަސް އަޚާއަށް/އުޚުތާއަށް ދެރައެއް ލިބުން އެދި ދުޢާކުރާނަމަ މިއުންމަތުން ބޭރުވެދާނެ!

ބުނަންހެއްޔެވެ! އަޚަކު އުޚުތަކު ތިބާއާއިމެދު ކިތަންމެ ގޯސްކޮށް ކަންކަން ކުރިނަމަވެސް އޭނާއަށް ދެރަގޮތެއް މިންވަރުން އެދި ދުޢާ ނުކުރާށެވެ! އަދި އެދިގެންވެސް ނުވާނެއެވެ. އެކަން އެގޮތަށް ކޮށްފިނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. 

އަޚަކު ވިޔަސް އުޚުތަކުވިޔަސް ކިތަންމެ ގޯސްކޮށް، ކިތަންމެ ނުބައިކޮށް ތިބާއާއިމެދު ކަމެއް ކުރިނަމަވެސް ކިތަންމެ ބޮޑު ގެއްލުމެއްދިން ކަމުގައިވީނަމަވެސް އޭނާއަށް ދެރަގޮތް މިންވަރުކުރައްވަވައި ނިކަމެތިކުރެއްވެވުން އެދި ދުޢާކުރެވޭނަމަ އެމީހަކު އެވަނީ އަހުރެމެން އެރަސޫލް ބޭކަލަކާއިމެދު ފަޚުރުވެރިވަމުން މިއަންނަ އަހުރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލްކަން ޤަބޫލުކޮށްގެނެއް ނޫނެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާގެ އުންމަތަކުވެސް ނޫނެވެ. 

މިހެން ބުނުމުން ގިނަ ބައަކު ނުވެސް ރުހޭނެއެވެ. ނަމަވެސް ދޭން އޮތް ނަޞޭޙަތަކީ އަޚަކު، އުޚުތަކު ތިބާއަށް ކިތަންމެ ބޮޑު ދެރައެއް ދިނަސް، ހިތްދަތިކުރުވިޔަސް އަދި ތިބާގެ ޙައްޤަކަށް އަރައިގަތަސް އޭނާއަށް ދެރަ ގޮތް މިންވަރުކުރެއްވެވުން އެދި ދުޢާނުކުރާށެވެ. އެއިގެ ބަދަލުގައި ދެއަތް އުފުލައި ދުޢާކޮށްލާށެވެ! "މިއަޅާގެ އަޚާއަށް، އުޚުތާއަށް ތެދުމަގު ދައްކަވާނދޭވެ! އޭނާއަށް ހެޔޮ ރަހްމަތް ލައްވަޥާނދޭވެ!" 

މިބަޔާންކުރީ އެ ޙާލަތުގަ ޢަމަލުކުރަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށް ދެއްވަވާފައިވާ ގޮތެވެ. އެގޮތަށް ޢަމަލުކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން އެއީ ޝައްކުވެސް ކުރަންޖެހޭނެ ކަމެއް ނޫނެވެ. 

މިޘާލަކަށް ތަރިކަ ބަހާއިރު، ދުނިޔެއިން ބިންކޮޅެއް، ނުވަތަ ލިބެންއޮތް ފައިސާކޮޅެއް ގެއްލުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ ހަމަޤައިމުވެސް އެއްވެސް މީހަކަށް ތިބާ ސުވަރުގެ ދާން ކުރި އަޅުކަމެއް އަތުލައެއް ނުގަނެވޭނެއެވެ. އެއްވެސް މިންވަރެއް އުންޏެއްވެސް ނުކުރެވޭނެއެވެ. ޛައްރެއްގެ މިންވަރުވިޔަސް އުނި ނުކުރެވޭނެތެވެ. އަދި ކިއެއްތަ ތިބާއަށް ލިބަންޖެހޭ އެއްވެސް ހައްޤަކަސް ހުރަސް އަޅައިފިނަމަ ޤިޔާމަތް ދުވަހުން އެބައި ޖަމާވެގެންދާނީ ތިލަފަތުން ތިބާއަށް ފައިދާކުރާނެ ކޮޅަށެވެ. އެކަމުން ކުރާބނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކް/ އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން