ކަރުނައަޅައި ދުޢާކުރުމުންވެސް ދުނިޔޭގަ ޢިޖާބަ ނުކުރެއްވެވިނަމަ ލިބެން އޮތް އުފާ މާބޮޑު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކަރުނައަޅައި ދުޢާކުރުމުންވެސް ދުނިޔޭގަ ޢިޖާބަ ނުކުރެއްވެވިނަމަ ލިބެން އޮތް އުފާ މާބޮޑު!: މުފްތީ މެންކް

"އަހުރެން ދަމުނަމާދުވެސް ކުރަމެވެ. ދަމުނަމާދަށްފަހު ކަރުނައަޅައި ރޮއެ އެތައް ފަހަރަކު ދުޢާވެސް ކޮށްފީމެވެ. އެކަމަކުވެސް ޢިޖާބައެއް ނުކުރައްވަވައެވެ." މިއީ ބައެއް މީހުންގެ ކިބައިން ލިބޭ ޝަކުވާއެކެވެ. 

ބުނަންހެއްޔެވެ؟ ކިތަންމެ ގިނައިން ދުޢާކުރިނަމަވެސް އަދި ކަރުނައަޅައު އުއި ނަމަވެސް ދުނިޔޭގައި ޢިޖާބަކުރައްވަވާނީ ދުނިޔޭގައި އެއަޅަކަށް ދެއްވަވަން ﷲ ތަޢާލާ އިރާދަކުރައްވަވާ ކަންކަމެވެ. އެނޫން ކަންކަމަށް އެދިގެން ކުރާ ދުޢާ ޢިޖާބަ ކުރައްވަވާނީ ޤިޔާމަތް ދުވަހުއެވެ. 

އަހަރެމެން ކުރާ ބައެއް ދުޢާ ދުނިޔޭގައި ޢިޖާބަ ނުކުރެއްވެވުމުންވެސް މާޔޫސްނުވެ، ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައި ދުޢާކުރުންމަތީގައި ހުއްޓައި އެމހަކު މަރުވެއްޖެނަމަ އެމީހަކު ސުވަރުގެ ވައްދަވާ ސަބަބުގައި އެމީހަކު ދުޢާކުރިކަން ހިމެނިގެން ދެއެވެ. އިން ޝާ ﷲ 

އެއީ އެތައް ދުވަހެއް ވަންދެން ދުޢާކުރުމުން ޢިޖާބަ ނުކުރެއްވެވިއިރުގައިވެސް މާޔޫސް ނުވެ ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ދުޢާކުރީތީއެވެ. ﷲ ތަޢަލާގެ ރަޙްމަތުން އުންމީދު ކަނޑައިނުލީތީއެވެ. 

ވީމާ ނިކަން ބުނެބަލާށެވެ! އުފާވާނީ ދުނިޔޭގައި އެކަމެއް (ދުޢާކުރިކަންތައް) ހިންމަވައިދެއްވެވި ނަމަ ހެއްޔެވެ؟ ނޫންނަމަ ތިބާ ސުވަރުގެ ވެއްދެވުމުން ހެއްޔެވެ؟ އަހުރެން ހިތުން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އުފާވާނީ އެމީހަކު ސުވަރުގެ ވެއްދެވުމުންނެވެ. 

ވީމާ ދުޢާކުރުމުގައި މާޔޫސްނުވާށެވެ! އިޚްލާޞްތެރި އަޅަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާއެއް ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އިން ޝާ ﷲ ޢިޖާބަކުރައްވަވާނީ އަވަހަށްކަން، ލަހުންކަން، ދުނިޔޭގައިކަން، އާޚިރަތުގައިކަން ނިންމެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެކަމާ ވިސްނައި ކަންބޮޑުވުމެއް ނެތެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން