ރަނގަޅު ބައިވެރިއަކު ހޯދުމުގައާ ލިބުމުން ލޯބި ދަމަހައްޓަން ކުރަންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރަނގަޅު ބައިވެރިއަކު ހޯދުމުގައާ ލިބުމުން ލޯބި ދަމަހައްޓަން ކުރަންޖެހޭނެ ބައެއް ކަންކަން-

ހެޔޮލަފާ، ރަނގަޅު ބައިވެރިއަކު ހޯދަން މަސައްކަތްކުރާއިރު ބައްދަލުވާ މީހާއަކީ އެމީހަކަށް ރަނގަޅު ކަންކަން ކަމަށް އެމީހަކަށް ޤަބޫލުކުރެވޭ މީހާއަކީ އެކަންކަމަށް ޢަމަލުކުރާ މީހެއްކަން ޔަޤީންކުރާށެވެ. އެއީ ރަނގަޅު ކަންކަން ކަމުގައި އެމީހަކަށް ޤަބޫލުކުރެވޭ ކަންކަން ކުރަން އެމީހަކު މަސައްކަތް ނުކުރާނަމަ އެމީހަކު އެވަނީ ފޭލްވެފައެވެ.

ހެޔޮލަފާ ބައިވެރިއަކު ލިބުމުން އޭނާ ތިބާއަށް ލޯބިދޭ މިންވަރަށްވުރެ ގިނައިން އޭނާއަށް ލޯބިޑޭން މަސައްކަތްކުރާށެވެ. ހަމަ އެއާއިއެކު ލޯބިން ދިރިއުޅުމަކީ ހަމައެކަނި އަނގައިން ބުނާ ބަސްތަކެއް ކަމުގައި ނުހަދާށެވެ! އެއީ ޢަމަލުން ދައްކަން ޖެހޭ ކަންތައް ތަކެކެވެ. ލޯބިވާކަމުގެ ވާހަކަ ކިތަންމެ ގިނައިން ދެއްކި ނަމަވެސް ޢަމަލުން އެކަން ނުދެއްކޭނަމަ ލޯބިވެވޭ ކަމަކަށް ނުވާނެއެވެ. 

ހަމައެއާއިއެކު ލޯބިވެރިޔާ ކުރާ ކޮންމެ ކަމެއް ކުރެވޭނީ އެންމެ ފުރިހަމައަށް ކަމަށް ހީނުކުރާށެވެ! އުނިވާބައި މާފުކުރަން ހަނދާންކުރާށެވެ! އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. ކުރާ ކަންކަމުގައި އުނިވާ ކަންތައްތަކެއްވެސް ހުންނާނެއެވެ. 

ބައިވެރިޔާއަށް ކަމެއް ވިސްނައިދޭން ތަންކޮޅެއް ބާރަށް ބުނަން ޖެހިގެން ބުނި ނަމަވެސް މައްސަލަ ޙައްލުވާއިރަށް ބާރަށް ބަސްބުނެވުނީތީ މާފަށް އެދެން ޢާދަކުރާށެވެ! އެއިރުން ތިބާގެ ހުރި ރަނގަޅުކަން ވިސްނި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރަން ބައިވެރިޔާ މަސައްކަތްކުރާނެއެވެ. އެހެން ނޫންނަމަ ހިތުގައި ނަފްރަތު އުފެދެން ފެށުމަކީ ވަރަށް ގާތް ކަމެކެވެ. 

- އަލަފް

މިއަދު އޮންލައިން