ތިމާ އެދޭގޮތަށް ކަންކަން ކާމިޔާބު ނުވެގެން ޝަކުވާކުރުމުގެ ކުރިން ކުރަން އޮތް 2 ކަންތައް-: ޑރ. ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ތިމާ އެދޭގޮތަށް ކަންކަން ކާމިޔާބު ނުވެގެން ޝަކުވާކުރުމުގެ ކުރިން ކުރަން އޮތް 2 ކަންތައް-: ޑރ. ނޫމާން ޢަލީ ޚާން

އަހުރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ޙާލަތު ބަދަލުކުރަން އެދޭނެ މީހެކެވެ. ތިމާއަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭނެ މީހެކެވެ. އެންމެ ފަޤީރު އެންމެ ނިކަމެތި މީހާވެސް އަދި އެންމެ ބޮޑު ތަނަވަސްކަމުގައި އުޅޭ މީހުންވެސް އަބަދުވެސް ތިބޭނީ އިތުރު ރަޙްމަތަށް އެދިއެދިއެވެ. 

ގިނަ ބައެއްގެ ކަންބޮޑުވުމަކީ އެމީހުން އެދޭ ފަދަ ކުރިއެރުން އެމީހުންނަށް ނުލިބޭކަމެވެ. އެކަމުގެ ޙަޤީޤީ ސަބަބާއިމެދު ވިސްނައިލަނީ މަދު މީހެކެވެ. އެހެން މިބުނަނީ ބޭނުންވާ ކުރިއެރުން ހޯދަން އެމީހާ ކުރަންޖެހޭ ކަންކަން ކުރަނީ މަދު މީހަކުކަމަށްވާތީއެވެ. 

ގޮތްބަލައިލަންވެސް ނިކަން ތިމާ ކުރާ ކޮންމެ ކަމެއް ކުރުމުގެ ކުރިން ހިނދުކޮޅަކަށް ހުއްޓިލައި މިކުރެވެނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއްތޯ؟ މިކަން ކުރެވެނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށްތޯ؟ ވިސްނައިލުމަށްފަހު އެކަމެއް ކޮށްބަލާށެވެ. ދުވާލުގެ ވަޤުތުތައް އެގޮތުގައި ހޭދަކުރުމަށްފަހު ރޭގަނޑު ނިދައި ދަންވަރު ހޭލައި ނިކަން ﷲ ތަޢާލާގެ ރަހްމަތަށް އެދިބަލާށެވެ! 

އަހުރެމެންނަށް މިއަދު ޢަމަލުކުރެވޭ ގޮތާއިމެދު ނިކަންވިސްނައިލަބަލާށެވެ! ޢަމަލުތައް ކުރެވެނީ އެމީހަކު ކުރަން ބޭނުންވާ ގޮތަކަށެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތާއިމެދު ވިސްނައިލުމެއްވެސް ނެތިއެވެ. އެކަމަކުވެސް ބޭނުންވަނީ ތިމާ އެދޭ ގޮތަށް ކަންކަން މެދުވެރިވުމަށެވެ. ތިމާއަސް ފައިދާހުރި ގޮތަށް ހުރިހާ ކަންކަންވެސް މެދުވެރިވުމަށެވެ. 

ދެން މިބުނަނީ ތިމަންނާ ދުޢާކުރާ ކަމަށެވެ. ދުޢާކުރުން އޮތީ ޢަމަލުތައް ސީދާކުރުމަށްފަހުގައިކަމާއިމެދުގައި އެންމެ ފަހަރަކުވެސް ވިސްނައިލެވޭނަމަ އެހެނަކުން ނުބުނާނެއެވެ. ފުރަތަމަ މަސައްކަތްކުރާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ޢަމަލުތައް ކުރުމަށެވެ. ދުޢާކުރުން ގެންނާނީ އެއިގެ ފަހަތުންނެވެ. 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން