ދުނިޔޭގަ އުޅޭ 7 ބިލިއަން މީހުންގެ ތެރެއިން ﷲ ތަޢާލާގެ ރަޙްމަތުގައިވާ މީހަކުކަން އެނގޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދުނިޔޭގަ އުޅޭ 7 ބިލިއަން މީހުންގެ ތެރެއިން ﷲ ތަޢާލާގެ ރަޙްމަތުގައިވާ މީހަކުކަން އެނގޭނެ މަގު-

މީސްތަކުންނޭވެ! ދުނިޔޭގައި 7 ބިލިއަނަށްވުރެ ގިނަ މީހުން އުޅޭއިރު މުސްލިމުންގެ ޢަދަދަކީ 2 ބިލިއަނެވެ. ވީމާ ފުރަތަމަ ކަމަކަށް ތިމާއަކީ މުސްލިމަކު ކަމުގައިވާނަމަ އެކަމަމަށް އުފާކޮށް ޝުކުރުވެރިވާށެވެ. ޙަމްދުކުރާށެވެ! މުސްލިމަކުކަމުގައި ލެއްވެވީތީއެވެ. އިސްލާމް ދީނަށް ހިދާޔަތު ދެއްކެވީތީއެވެ. 

ދެން އޮތީ ނަމާދުކުރުމެވެ. ﷲ ތަޢަލާއަށް ސަޖިދަކުރުމެވެ. މިބުނި 2 ބިލިއަން މުސްލިމުންގެ ތެރެއިން ﷲ ތަޢާލާއަށް ބިރުވެތިވެ ކޮންމެ ދުވަހަކު 5 ވަޤުތު ސަޖިދަޖަހައި ނަމާދުކުރަނީ ކިތައް މުސްލިމުން ހެއްޔެވެ؟ އެހެންކަމަށްވާއިރު ތިބާއަކީ 5 ވަޤުތު ނަމާދުކުރާ މީހަކު ކަމުގައި ވެވިއްޖެނަމަ އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި ދެވަނައަށް އެންމެ ބޮޑު ރަހްމަތެވެ. 

ދެން އޮންނާނީ ތިބާ އެކަމުގައި ކުރިއަށް ދިއުމެވެ. އީމާންކަން ވަރުގަދަކުރަން މަސައްކަތްކުރުމެވެ. ނަމާދު އެންމެ ފުރިހަމަ ގޮތުގައި ކުރަން މަސައްކަތްކުރުމެވެ. ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރަން މަސައްކަތްކުރުމެވެ. 

ވީމާ ކޮންމެ މުސްލިމަކަށްވެސް ބުނެލަން ބޭނުންވަނީ ފުރަތަމަ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ. ސުންނަތް ނަމާދުތަކާއި އެހެނިހެން އަޅުކަންކުރުން ގިނަކުރާށެވެ! ތަޤްވާވެރިކަމުގައި ކުރިއަށްދާން އިތުރަށް މަސައްކަތްކުރާށެވެ! 

ވިސްނައިލާށެވެ! ދުނިޔޭގައިވާ 7 ބިލިއަން މީހުންގެ ތެރެއިން ތިބާއަށް ރަހްމަތް ލެއްވެވީއެވެ. 2 ބިލިއަން މުސްލިމުންގެ ތެރެއިން ތިބާއަށް ރަޙްމަތް ލެއްވެވީއެވެ. ނިކަން ބުނެބަލާށެވެ! އުފަލުން ހިތް ނުފުރެންވީ ކީއްވެގެން ހެއްޔެވެ؟ ޝުކުރުވެރިޥާކަން ތިބާގެ ޢަމަލުތަކުން ދައްކާށެވެ. އެއިރުން ތިބާ ދުނިޔޭގައިވެސް އަދި ޤިޔާމަތް ދުވަހުގައިވެސް ވާހުށީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން