ފަތިސްނަމާދުކުރުމުން އެމީހަކަށް ލިބިގެންދާ އެތައް ބައިވަރު ދަރުމަތަކެއްވެއެވެ. މަތިވެރި ދަރަޖަތަކެއްވެސް ވެއެވެ. ނިކަން ވިސްނައިލަބަލާށެވެ!
عن جندب بن عبد الله قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ صَلَّى صَلَاةَ الصُّبْحِ فَهُوَ فِي ذِمَّةِ اللَّهِ فَلَا يَطْلُبَنَّكُمْ اللَّهُ مِنْ ذِمَّتِهِ بِشَيْءٍ فَإِنَّهُ مَنْ يَطْلُبْهُ مِنْ ذِمَّتِهِ بِشَيْءٍ يُدْرِكْهُ ثُمَّ يَكُبَّهُ عَلَى وَجْهِهِ فِي نَارِ جَهَنَّمَ
657صحيح مسلم كتاب المساجد ومواضع الصلاة باب فضل صلاة العشاء والصبح في جماعة
ޙަދީޘްފުޅުގެ މާނައީ:
"ފަތިސްނަމާދުކޮށްފި މީހާ އެވަނީ ﷲ ގެ ޒިންމާދެދަށުގައެވެ. މާނައަކީ އެމީހަކު އެވަނީ ﷲ ގެ ޙަޟްރަތުން އަމާންކަން ލިބިގެންނެވެ. އެމީހެއްގެ މައްޗަށް ޢަދާވާތެރިވުން ހުއްދަވެގެން ނުވެއެވެ. އެމީހެއްގެ މައްޗަށް ޢަދާވާތެރިވެއްޖެ މީހާ އެވަނީ ﷲ ގެ ކޯފާއަށް ހުށަހެޅުމާއި ނަރަކައަށް ވަނުމުގެ މަގުމަތީގައެވެ!": ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އެނގިގެން މިދަނީ ފަތިސްނަމާދުކުރުމުން އެމީހަކަށް ދެއްވަވާ މަތިވެރި ދަރަޖައެވެ. ނަމަވެސް ހިތާމައަކީ މިއަދު އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ޣާފިލުވެފައިވާ، ނުކޮށް ދޫކޮށްލާ ނަމާދަކީ ފަތިސްނަމާދުކަމަށްވެފައިވާ ކަމެވެ.