ﷲ ތިމާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަމުގެ ޔަޤީންކަމުގައި ހުންނަ މީހަކު މާޔޫސް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ﷲ ތިމާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަމުގެ ޔަޤީންކަމުގައި ހުންނަ މީހަކު މާޔޫސް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

މުސްލިމުންނަކީ އަބަދުވެސް އުފަލުން ތިބެނެ ޖެހޭ ބައެކެވެ. ސަބަބަކީ އެއްވެސް ކަމެއް ނުވެގެން ކަންބޮޑުވުމެއް ނެތެވެ. ﷲ އިރާދަކުރައްވަވާނީ އެންމެ ރަނގަޅަށެވެ. އެންމެ ހެޔޮ ގޮތެވެ. އެއްވެސް މީހަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތެވެ. 

ކިތަންމެ ދަތިޙާލެއްގައި މިއަދު ދިރިއުޅެންޖެހުނު ނަމަވެސް މާދަމާއަކީ އުފާވެރި ދުވަހަކަށްވާނެ ކަމުގެ އުންމީދު އެންމެ ހިނދުކޮޅަކަށްވެސް ކަނޑާލައިގެން ނުވާނެއެވެ. ﷲ ތަޢާލާއީ މީސްތަކުން ހީވެސް ނުކުރާ ވަގުތުތަކުގައި ހިތްފުރެންދެން ނިޢްމަތްތައް އޮއްސަވައިލައްވަވާ ރަސްކަލާނގެއެވެ. 

އަތްމަތި ދަތިވެގެންވެސް މާޔޫސްނުވާށެވެ! މާދަމާއަކީ ތަނަވަސް ދުވަހަކަށްވެދާނެއެވެ. އެކަލާނގެ މީހަކަށް ރިޒްޤް ތަނަވަސް ކޮށްދެއްވަވަންވުމުން އެކަން ހުއްޓުވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ހަމަ ހީވެސް ނުކުރެވޭހައި ގޮތްގޮތުން ރިޒުޤް ތަނަވަސްކުރައްވަވައި ދެއްވަވާނެތެވެ! ތަޅުލެވިފައި ހުރި ހުރިހާ ދޮރުތަކެއް ހުޅުއްވަވައިލަ ދެއްވަވާނެތެވެ! 

ދަތިޙާލަތު މެދުވެރިވުމުން ކަންބޮޑުވެވެނީ އެޙާލަތުން ސަލާމަތްވެވޭނެ މަގު އަހަރެމެންނަށް ނުފެންނާތީއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ އަހަރެމެން އެކަމާއިމެދު ކަންބޮޑުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ! 

އަހަރެމެން ކުރަން އޮތް ހަމައެކަނި ކަމަކީ ކޮންމެ ޙާލެއްގައިވީނަމަވެސް ﷲ ތަޢާލާއަށް ވަކީލުކޮށްގެން ތިބެ ހެޔޮ އަމަލުކުރުން ގިނަކުރުމެވެ. ދުޢާކުރުން ގިނަކުރުމެވެ. ތިމާއަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަމުގެ ޔަޤީންކމުގައި ހުންނަ މީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން