އެޙަދީޘްފުޅެއްގެ އަޑު އަބޫ ޛައްރު (ރޢ)އަށް އިވިވަޑައިގަތުމުން ހުރިހާ ސަމާލުކަމެއް އެކުގަ އެޙަދީޘްފުޅަށް ދެއްވެވި ފައިދާހުރި ޙަދީޘް:

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އެޙަދީޘްފުޅެއްގެ އަޑު އަބޫ ޛައްރު (ރޢ)އަށް އިވިވަޑައިގަތުމުން ހުރިހާ ސަމާލުކަމެއް އެކުގަ އެޙަދީޘްފުޅަށް ދެއްވެވި ފައިދާހުރި ޙަދީޘް:

ކޮންމެ މީހަކީވެސް އެމީހަކަސް ފައިދާކުރާނެ ކަމެއް އެނގިއްޖެނަމަ އެކަމެއް ކުރާނެ މީހެކެވެ. މައްސަލައަކަސް ވެގެން މިއަދު މިއުޅެނީ އެންމެ ކަމެކެވެ. ގިނަ ބައަކަށް އެކަމެއްކުރަން އަވަސްވެގަނެވެނީ ދުނިޔެއިން ފައިދާލިބޭނެ ކަންކަމުގައެވެ. ﷲ ތަޢާލާ އާޚިރަތް ދުވަހާއި ގުޅުން ހުންނަ ކަންކަމުގައި ސަމާލުކަމެއް ނުދެވެއެވެ.

އަބޫ ޛައްރު (ރޢ) ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.!

"ތިބާގެ ހިތުގައި ދުނިޔެއަށް އޮތް ލޯބި ދޫކޮށްލާށެވެ! ﷲ ތަޢާލާ ތިބާ ދެކެ ލޯބިވެވޮޑިގެންވާނެއެވެ. އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢްމަތްތަކަށް ހަސަދަވެރިވެ ދަހިވެތިނުވާށެވެ! އެއިރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ!"

މި ޙަދީޘްފުޅު ރިވާކުރެއްވެވުމަށްފަހު އަބޫ ޛައްރު ވިދާޅުވެފައިވެއެވެ. "މިޙަދީޘްފުޅު އަޑުއިވިވަޑައިގެންނެވިފަހުން ދުނިޔޭގެ އެއްވެސް ކަމަކަށް ބޭނުންފުޅުވެވަޑައިގެން ނުއުޅުއްވަމެވެ. މާނައަކީ ދުނިޔޭގެ އެދުމެވެ މިކިޔާ އެއްވެސް ކަމަކަށް ބޭނުންފުޅުވެގެން ނުއުޅުއްވަވާ ކަމެވެ. ދުނިޔޭގެ ކަންކަމަށް އޮތް ހުރިހާ ލޯތްބެއް ދޫކޮށްލެއްވެވި ކަމެވެ. ހަމަ އެންމެ ކަމެއް ޙާޞިލުކުރެއްވެވުމުގެ މަޤްޞަދުގައެވެ. އެއީ ﷲ ތަޢާލާގެ ލޯބިވެވޮޑގަތުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން