ﷲ އަށް ކިޔަމަންތެރިނުވާމީހާ ކިތަންމެ ގިނައިން ތަސްބީޙަކިޔައި ޤުރްއާން ކިޔެވިކަމުގައި ވިޔަސް އެކަލާނގެ ހަނދުމަކުރާމީހަކުކަމުގައި ނުވެއެވެ!: ސަޢީދު ބިން ޖަބީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ﷲ އަށް ކިޔަމަންތެރިނުވާމީހާ ކިތަންމެ ގިނައިން ތަސްބީޙަކިޔައި ޤުރްއާން ކިޔެވިކަމުގައި ވިޔަސް އެކަލާނގެ ހަނދުމަކުރާމީހަކުކަމުގައި ނުވެއެވެ!: ސަޢީދު ބިން ޖަބީރު

އަޅުގަނޑުމެންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ގިނަ އަދަދަކަށް ހެޔޮ ޢަމަލުތައްކުރާ މީހުންނެވެ. ސުވާލަކީ އެއިގެ ތެރެއިން ﷲ ތަޢާލާއަށް ކިޔަމަންތެރިވެވެނީ ކިތައް މީހުންތޯއެވެ؟ ކިޔަމަންތެރިކަމާއި ބިރުވެތިކަމާއި ލޯބިވުމާއި މިހުރީ ހަަމ އެއްޗޭނުގައި ހުރި ކަންކަމެވެ. މިހުރިހާ ކަންކަންވެސް މިވަނީ ގުޅި ލާމެހިފައެވެ. 

ވީމާ މިބަސްފުޅަށް ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހިނގާށެވެ!  

سعيد بن جبير رحمه الله ވިދާޅުވިއެވެ. 

"ހަމަކަށަވަރުން މާތް ﷲ އަށް ބިރުވެތިވުމަކީ ތިބާއާއި ތިބާގެ ފާފަތަކާދެމެދު ހުރަސްއެޅުމެވެ. އެއީ، މާތް ﷲ އަށް ކިޔަމަންގަތުމެވެ. 

ފަހެ، މާތް ﷲ އަށް ކިޔަމަންތެރިވެއްޖެމީހާ އެކަލާނގެ ހަނދުމަކޮށްފިއެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިނުވާމީހާ ކިތަންމެ ގިނައިން ތަސްބީޙަކިޔައި ޤުރްއާން ކިޔެވިކަމުގައި ވިޔަސް އެކަލާނގެ ހަނދުމަކުރާމީހަކުކަމުގައި ނުވެއެވެ." 

- ޝައިޚް މުޙައްމަދު ލަޠީފް

މިއަދު އޮންލައިން