ދުނިޔޭގައިވިޔަސް އަމިއްލަ ގޭތެރޭގައިވިޔަސް އަދި އަމިއްލަ ވިސްނުމުގައި ވިޔަސް ހަމަޖެހުމާއި އުފާވެރިކަން ނުލިބިގެން އުޅެންޖެހޭ ސަބަބަކީ އެމީހެއްގެ ނުވަތަ އެއްގެ ހިތަށް ހަމަޖެހުން ނުލިބޭތީއެވެ. ދުނިޔޭގެ ކިތަންމެ ބައިވަރު ނިޢުމަތްތަކެއް ލިބުނަސް އެމީހެއްގެ ހިތަށް ހަޖަހުން ނުލިބޭނަމަ އެމީހަކު އަބަދުވެސް ހުންނާނީ ހާސްކަމާއި ކަންބޮޑުވުމުގައެވެ.
ހިތަށް ހަމަޖެހުން ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެމީހަކު ﷲ ތަޢާލާގެ މަތިން ހަނދުމަކުރިވަރަކުންނެވެ. މިކަމަކީ ކީރތި ޤުރްއާނުން އެނެގެން އޮތްކަމެކެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގައި ހަމަޖެހުން ނެތީ ކީއްވެގެންހެއްޔެވެ؟ ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުންނަށް ހަމަޖެހުން ނުލިބިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ސަބަބެކެވެ. ﷲ ތަޢާލާގެ ފޮތާއި ދުރުހެލިވެވިފައިވުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވޭތީއެވެ.
ވީމާ ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި އުޅެންޖެހުނަސް ކިތަންމެ ހިތްދަތި ޙާލުގައި އުޅެންޖެހުނަސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! ހުރިހާ މައްސަލަތަކެއް ޙައްލުވެ ހިތަށް ހަމަޖެހުން ލިބިގެންދާނެއެވެ. އިން ޝާ ﷲ
ލިޔުމުގައިވާ ޓްވީޓުގައި ހިމެނޭ ޑރ. ޒާކިރު ނައިކުގެ ވީޑިއޯ ބައްލަވައިލައްވާށެވެ! މި ހަޤީޤަތްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަދި މިޙަޤީޤަތްތައް އެނގުމުން ކްރިސްޓިއަނަކު އިސްލާމްވާތަންވެސް ފެނިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ
Alhamdulillah! A Christian man finds the 'True Peace' in Islam - Dr Zakir Naik
— Dr Zakir Naik (@drzakiranaik) July 30, 2023
RPT-13 #Alhamdulillah #Christian #Man #finds #TruePeace #Islam #Zakirnaik #Drzakirnaik pic.twitter.com/v2GIlQ9qZW