ކަންކަމަށް ކަންބޮޑުވާންޖެހޭތީ ކަންބޮޑުނުވެބަލަ! އެއްވެސް ކަމަކާ ކަންބޮޑުވާން ނުޖެހޭނަމަ އަހަރެމެންގެ ޙާލަކީ ކޮބާ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކަންކަމަށް ކަންބޮޑުވާންޖެހޭތީ ކަންބޮޑުނުވެބަލަ! އެއްވެސް ކަމަކާ ކަންބޮޑުވާން ނުޖެހޭނަމަ އަހަރެމެންގެ ޙާލަކީ ކޮބާ؟: މުފްތީ މެންކް

އެކުވެރި އަޚުންނާއި އުޚުތުންނޭވެ! ހަމައެކަނި ކަންބޮޑުވާން ޖެހުމެއް ނޫނެވެ! ކަމަކާއިމެދު ވިސްނައިލަންޖެހޭ ކޮންމެ ކަމެއް މެދުވެރިވިނަމަވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުން މިންވަރުކުރެއްވެވި ރަޙްމަތެއްކައި ނޫނީ ނުދެކޭށެވެ! އެކަމުން ޙާޞިލުކުރެވެން އޮތް އެންމެ ބޮޑަކަށް ފައިދާ ލިބިގަންނާށެވެ! މާނައަކީ ﷲ ތަޢާލާ ޢާއި ކުއްތަންވުން އިތުރުކުރާށެވެ!

މިތަނަށް ނުވަތަ މިބައްދަލުވުމަށް އެތައް ހާސް ބައަކު ޖަމާވެ ތިބިއިރު، ހަމައެކަކުވެސް ނިކަން ތެދުވެފައި ނުވަތަ އަތްހިތްލާލާފައި ތިމާއަކީ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާ މީހެއް ނޫންކަމަށް ނިކަން ބުނެބަލާށެވެ! އެފަދަ މީހަކު ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެއެވެ. އެކަމުން އެނގެނީ ކޮންމެ މީހަކީވެސް ކޮންމެވެސް ކަމަކާއިމެދު ކަންބޮޑުވާންޖެހިފައިވާ މީހެއްކަމެވެ. ކަންބޮޑުވުމެއް ކުރިމަތިވެފައި ނެތް ހަމައެކަކުވެސް ނެތްކަމެވެ.

ވީމާ މިގޮތަށް ނިކަން ވިސްނައިލަބަލާށެވެ! ކޮންމެ މީހަކީވެސް އެތައް ބައިވަރު ކަންކަމާއި ކަންބޮޑުވާން ޖެހިފައިވާ މީހަކަށްވާއިރުވެސް ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތައް އެބަ އަދާކުރެވޭ ހެއްޔެވެ؟ ކިޔަމަންތެރިވެވޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދު ޖަމާއަތުގައި ކޮށްލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަދި ޖަމާއަތުގައި ނޫންނަމަވެސް ފަރުޟު 5 ނަމާދު ކޮންމެ ދުވަހަކު ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ވީމާ އެއްވެސް ކަމަކާއިމެދު ކަންބޮޑުވާން ނުޖެހި ދިރިއުޅެވޭނެ ގޮތް މިންވަރުކުރައްވަވައިފިނަމަ އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ހޯދައި ނުފެންނާނެ ނޫންހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން