ކައިވެނިކުރާނެ ހިތްވަރު ނެތި ނިކަމެތި އަންހެނުންގެ ހިތާކުޅެ އަނިޔާވެރިވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކައިވެނިކުރާނެ ހިތްވަރު ނެތި ނިކަމެތި އަންހެނުންގެ ހިތާކުޅެ އަނިޔާވެރިވަނީ ކީއްވެ؟

އެކަނިވެރި ވެފައި ތިބޭ އަންހެނުންނާއި ފޫހި ފިލުވާލުމުގެ ގޮތުން ބައެއް ފިރިހެނުން ވާހަކަ ދައްކާ ހަދައެވެ. އެއިގެ ތެރޭގައި ކައިވެނކޮށް ޒަވާޖީ ޙަޔާތެއްގައި ދިރިއުޅެމުން އަންނަ ފިރިހެނުންވެސް ހިމެނެއެވެ. 

އެފަދަ ދަނޑިވަޅު ތަކަކީ އާންމުކޮށް އަންހެނާ ލޯތްބާއި އަޅާލުމަށް ވަރަށް ބޮޑަށް ބޭނުންވެގެން އެކަންކަމަށް ވަރަށް ބޮޑަށް އެދި އެދި ތިބޭ ވަގުތެކެވެ. މިބުނަނީ އެކަނބަލުން ދިރިއުޅުމުގައި ދިމާވެފައިވާ އެކި އެކި ހިތާމަތަކުގެ ސަބަބުން ދިރިއުޅުން މަތިން ފޫހިވެފައި ތިބޭ ވަގުތުތަކުގެ ވާހަކައެވެ. 

ގިނަ ފަހަރަށް މިފަދަ އެކަނިވެރި އަންހެނުންގެ ކިބައިން ފޫހި ފިލުވާލުމުގެ ބޭނުމުގައި ނާޖާއިޒު ފައިދާ ފިރިހެނުން ނަގައެވެ. ވަކި ބޭނުމެއްގައި އެ ކަނބުލޭގެ އަށް އޯގާތެރިކަމާއި އަޅާލުން ދޭކަން ދައްކުވައިދެނީއެވެ. އަންހެނުންގެ ބަލިކަށިކަމުން ޙަޤީޤަތް ދެނެގަންނަން އުނދަގޫވަނީއެވެ. 

މިފަދަ ކަންކަންކުރަނީ އެ ކަނބުލޭގެ އެންމެ ބޮޑަށް އަޅާލުން ބޭނުންވާ ދުވަސްތަކަކަށް އެދުވަސްތައް ވެފައިވާ ދުވަސްތަކުގައެވެ. އެހެންކަމުން އެކަނބުލޭގެ ހިތާއި ޖަޒުބާތު ތަކާއި ވެސް ކުޅެލަން ފަސޭހަވެސްވެގެންދަނީއެވެ. 

ނަތީޖާއަކަށް ވަނީ އެންމެ ފަހުން އެކަނބުލޭގެ ހިތުގައި އެ ފިރިހެނަކަށް އިންތިހާއަށް ލޯބިޖެހުމެވެ.  އެޙާލަތަށް ދިއުމުން އެކަނބުލޭގެ ހިތް އެދޭވަރު ބޮޑުވެ އެއީ މީހެއްގެ ފިރިއެއް ނަމަ އޭނާގެ އަނބިމީހާ ގާތުގައި  އިންނައިރު ވެސް ގުޅާ ހެދޭނެއެވެ. ހާލުވެސް ބަލާ ހެދޭނެ އެވެ. އެއީ އޭނާ އެވަޤުތު އިނީ އަނބިމީހާގެ ގާތުގައިކަން ނުއެނގޭތީއެވެ. 

އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ އެއީ އެކަނބުލޭގެ އެފިރިހެނާގެ ދިރިއުޅުން ހަލާކު ކުރުމުގެ ގަސްތުގައި ކުރާ ކަމެއް ކަމަށް ނުނިންމާށެވެ. އަދި އެއީ ވިޔާނުދާ އަންހެނެކޭވެސް ބުނެވޭކަށް ނުއޮންނާނެއެވެ. ސަބަބަކީ އެކަނބުލޭގެ ދިވާނާ ކޮއްލީ އެ ފިރިހެނާއެވެ. 

އެހެން ހަދާފައި  އަޅާ ނުލާ ދޫކޮށްލަން  ހެޔޮވާނެހެއްޔެވެ؟ އެކަނބުލޭގެއަށް ތިއަ ދެވުނީ ކިހާ ބޮޑު ހިތާމައެއް ހެއްޔެވެ. އަދި ނުވިތާކަށް އެކަނބުލޭގެ މުޖުތަމައުއަށް ގިނަކޮށްލެވުނީއެވެ. މިޙާލަތު ޖައްސުވާފައި އެ ފިރިހެނެއްގެ ރައްޓެހިންގެ ގާތުގައިވެސް އެކަނބުލޭގެ ގެ އެތައް ވާހަކަ ތަކެއް އެބަ ދައްކައެވެ. 

ހަގީގަތުގައި ގޯހީ ފިރިހެނާއެވެ. ހާލުގައި ޖެހިފައިވާ އަންހެނެއްގެ ކިބައިން ނާޖާއިޒް ފައިދާ ނަގައި އިތުރަށް ހިތާމަތަކެއް ދދިނިތީއެވެ. 

ލޮބުވެތި ފިރިހެނުންނޭވެ ! ތިއަ ފިރިހެނުން ނަށް 4 އަނބިން ހުއްދަ އެވެ. މީހަކަށް ދެރައެއް ނުދީ ކައިވެނީގެ ގޮށް ޖަހާލުން ކީއްތޯއެވެ؟ އެހިތްވަރު ނެތްނަމަ އެކަނިވެ ނިކަމެތި ޙާލުގައި ތިބޭ އަންހެނުންގެ ހިތާއި ކުޅެ އަނިޔާވެރިވަނީ ކީއްކުރަންހެއްޔެވެ؟ 

- އިކްލީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން