ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން-

ކިޔުމަށް ހޭދަވާނީ 3މ 31ސ
ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ޤުރުޢާނަކީ މާތް ﷲ ގެ ޙަޟްރަތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ މައްޗަށް ބާއްވާލައްވާފައިވާ ފޮތެވެ. އެކަލާނގެ ކަލާމްފުޅެވެ. އެފޮތުގައި ހަމައެކަނި ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކެވެ. 

އެފޮތް އުނގެނި އަދި އުނގަންނައިދިނުމާއި ބެހޭގޮތުން ވަަރަށް ގިނަ ޙަދީޘްތައް ވާރިދުވެފައިވެއެވެ. 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

اقْرَؤُوا القُرآنَ؛ فإنَّه يأتي شافِعًا لأصحابِه

މާނައީ: "ތިޔަބައިމީހުން ޤުރްއާން ކިޔަވާށެވެ! ފަހެ، ހަމަކަށަވަރުން އެ ކިޔަވައިއުޅުނު މީހުންނަށް ޝަފާޢަތްތެރިޔަކު ކަމުގައި ޤިޔާމަތް ދުވަހުން އެ އަންނަ ހުއްޓެވެ."  

އަދި ކީރިތި ޤުރްއާން ކިޔެވުމަކީ ވަރަށް ގިނަ ގުނަ ޘަވާބު ލިބޭ ކަމެކެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަމުގެ މައްޗަށެވެ. 

·       ނުބައި ޚިޔާލުތަކުން ސިކުނޑި ދުރުހެލިވެގެންދޭ: 

·       ހަނދާނުގެ ބާރު ގަަދަވެގެންދޭ:

މުސްލިމެއްގެ ހަނދާންތައް ބާރުގަދަކުރާ އެންމެ ރަނގަޅު އެއް ފަރުވާ އަކީ، ކީރިތި ޤުރްއާނުގެ އާޔަތްތައް ހިތުދަސްކުރުމާއި، ތަދައްބުރުކުރުމުގައި ވަގުތު ހޭދަކުރުމެވެ. 

·       ކީރިތި ޤުރްއާން ކިޔެވުމުގެ ސަބަބުން ހިތަށް ހަމަޖެހުން ލިބިގެންދޭ:

ކީރިތި ޤުރުއާން ކިޔެވުން ގިނަކޮށް އާޔަތްތައް ހިތުދަސްކުރާ މީހާ އަޖައިބުކުރުވަނިވި ގޮތަކަށް ހަމަޖެހުން ގެނުވައިދެއެވެ.

އެގޮތުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾‏

މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟" 

·       އެކަލާނގެ އާޔަތްތައް ތަކުރާރުކޮށް ކިޔަވާ އެކަލާނގެއަށް ޝަރަފުވެރިކަން ދިނުމުން، މުސްލިމުންގެ ހިތުގައި އެހިތުގެވެރި ޚާލިޤުވަންތަ ރަސްކަލާނގެއާ މެދު ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އިޙްސާސް ކުރެވިގެންދެއެވެ. 

·       ހިތްވަރާއި ކަންކަން ކުރުމުގެ ބާރުވެރިކަން އިހުސާސް ކުރެވުމާއި، ބިރުވެރިކަމާއި ހިތާމައާއި ހާސްކަމުން ސަލާމަތްވެގެންދެއެވެ.  

·       ކީރިތި ޤުރުއާން ކިޔެވުމުގެ ސަބަބުން ބަހުގެ ބަލާޣާތްތެރިކަން އިތުރުކޮށްދެއެވެ. 

·       ޤުރުއާން ކިޔަވާ މީހާ އޭނާގެ ވަށައިގެން ތިބި މީހުންނާ އިޖުތިމާޢީ ގުޅުންތައް އިތުރަށް ބަދަހިވެގެންދެއެވެ. 

·       ކީރިތި ޤުރްއާން ގިނަގިނައިން ކިޔަވާ އާޔަތްތައް އަޑުއެހުމުގެ ސަބަބުން، ދިގުދެމިގެންދާ ބަލިތަކުން ސަލާމަތްވުމާއި، އިންސާނާގެ ދިފާޢީ ބާރު ވަރުގަދަވެގެންދެއެވެ 

·       ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި، ދުނިޔޭގެ ކަންކަމުގައި އޭނާއަށް ކާމިޔާބީ ލިބުމާއި، މުޞީބާތްތަކުން ސަލާމަތްވުމަށް އެހީވެދެއެވެ. 

·       ގިނަގިނައިން ޤުރްއާން ކިޔަވާ މީހާއަށް ޤިޔާމަތް ދުވަހު ސުވަރުގެ ޙާޞިލުވެގެންދެއެވެ. އެމީހާ ސުވަރުގެ ވެއްދުމަށް ޝަފާޢަތްތެރިވެއެވެ.

މިއަދު އޮންލައިން