ބިރުގަންނާނީ ކިހާވަރެއް ވީމާތަ؟ ތަނަވަސްކަމާ ބާރު ދެއްވެވުމުން ބޭނުންހާ ގޮތަކަށް ކަންކަން ކުރާ މީހުން ހިއްޕަވާނެ ގޮތް ނުވެސް އެނގޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ބިރުގަންނާނީ ކިހާވަރެއް ވީމާތަ؟ ތަނަވަސްކަމާ ބާރު ދެއްވެވުމުން ބޭނުންހާ ގޮތަކަށް ކަންކަން ކުރާ މީހުން ހިއްޕަވާނެ ގޮތް ނުވެސް އެނގޭނެ!: މުފްތީ މެންކް

ދުނިޔޭގައި މިހާރު އެންމެ ބާރުގަދައީ އެމެރިކާގެ ރައީސް އާއި ރަސިޔާގެ ރައީސް ކަމަށްވެދާނެއެވެ. މައްސަލައެއް ނެތެވެ. މުޅި ދުނިޔެ އެދެމީހުންގެ މައްޗަށް ދެއްވެވީއެވެ. ދެއްވެވިއްޔާ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންފިނަމަ ފަޅި ސިކުންތެއްގެ ތެރޭގައިވެސް އެދެ ރައީސުންނަކީ ދުނިޔޭގެ އެންމެ ބޮޑު 2 ނިކަމެތިންކަމުގައިވެސް ލެއްވެވުމަށް ﷲ ތަޢާލާ ކުލަދުންވަންތައެވެ.

ދުނިޔެއަށް އެންމެންވެސް އުފަންވަނީ އެއްގޮތަކަށެވެ. އެއް ޙާލަތެއްގައެވެ. ޢިލްމާއި، ތަނަވަސްކަމާއި އާރާއި ބާރާއި މަތީ މަޤާމްތައް ދެއްވަވަނީ ﷲ ތަޢާލާއެވެ. ޢާއިލާއެއް ދެއްވަވަނީ ﷲ ތަޢާލާއެވެ. އެކަންކަން ހަނދާން ނައްތައިލާމީހުން ހިއްޕަވާނެ ގޮތް އެއްވެސް މީހަކަށް ނުވެސް އެނގޭނެއެވެ.

ތިމާގެ އަމިއްލަ ވިޔަފާރީގައި، ނުވަތަ އަދާކުރާ މަޤާމުގެ ގޮތުން ނުވަތަ ޢާއިލާއެއް ދެއްވެވުމުން ފުރަތަމަވެސް ހިތްތިރިކުރާށެވެ! ތިމާގެދަށުން މަސައްކަތްކުރާ މުވައްޒިފުންނަށް ވީހައި ބޮޑަށް ހެޔޮކޮށް ހިތާށެވެ! ވީހައި ރަނގަޅަށް އެމީހުންނާއިމެދު ކަންކަންކުރާށެވެ!

ޚާއްޞަކޮށް ތިމާގެ ބެލެނިވެރިކަމުގައިވާ އަނބިދަރިންނަށާއި ޢާއިލާގެ އެންމެންނަށްވެސް ވީހައި ހެޔޮކޮށް ކަންކަންކުރާށެވެ!

އަހަރެމެން ކޮންމެ މީހަކީ ހެޔޮގޮތްތައް މިންވަރުކުރެއްވެވުމަށް އެދޭ މީހެކެވެ. އެކަމަށް އެދި ދުޢާކުރާ މީހެކެވެ. ދުޢާ ނުކުރަނީސްވެސް އެތައް ބައިވަރު ނިޢްމަތްތައް ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ދެއްވަވަތެވެ! އެއީ އެކަލާނގެއަކީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ރަސްކަލާނގެކަމަށްވާތީ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. ވިސްނައިލަންޖެހޭނެ ކަމަކީ ކޮންމެ ނިޢްމަތެއް ދެއްވެވުމަށްފަހުގައިވެސް އެހިސާބުން އެމީހާ ދޫކޮށެއް ނުލައްވަވަތެވެ! އެ ނިޢްމަތުގެ ބޭނުން އެމީހަކު ހިފާގޮތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ.

ނަމްރޫދާއި ފިރުއައުނާއި ޤާރޫނު މެންފަދަ އެމީހުންނަށް ﷲ ތަޢާލާ ނިޢްމަތްތައް ދެއްވެވި މީހުން ހިއްޕެވިގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެވަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. މީސްތަކުން އެކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ. އެކަންކަމަށް ސަމާލުކަން ނުދިންނަމަ ހަމަ އަހަރެމެން ވެސް ހިއްޕަވާނެތެވެ. ހިއްޕަވާކަން އެދަނީ ކޮންމެ ދުވަހަކުވެސް ފެންނަމުންނެވެ. ވީމާ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން