ދަރިންގެ ކުރިމަތީގަ މަންމަ އާ ބައްޕަ ދެބަސްވުން- ދަރިންނަށް ދެވޭ އެންމެ ބޮޑު ގެއްލުން! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދަރިންގެ ކުރިމަތީގަ މަންމަ އާ ބައްޕަ ދެބަސްވުން- ދަރިންނަށް ދެވޭ އެންމެ ބޮޑު ގެއްލުން! މުފްތީ މެންކް

ގިނަ އަދަދެއްގެ މައިންބަފައިން އަވަދިނެތި އުޅޭތަން ފެންނަނީ ދަރިންނަށް ކިޔަވައިނުދެވިގެންނެވެ. މަތީ ފެންވަރުގެ ޑިގްރީއެއް ހާޞިލުކޮށް ނުދެވިގެންނެވެ. ސުވާލަކީ ދަރިންނަށް ރަނގަޅު އަޚްލާޤެއް އުނގަންނައި ނުދެވިގެން ކަންބޮޑުވަނީ ކިތައް މައިންބަފައިން ހެއްޔެވެ؟ ދަރިންގެ ކުރިމަތީގައި ރަނގަޅު ނަމޫނާއެއް ދައްކައިދެނީ ކިތައް މައިންބަފައިންހެއްޔެވެ؟

ދަރިންނަށް ތައުލީމު މުހިންމުވާފަދައިން ރިވެތި އަޚްލާޤެއްވެސް ހަމައެހައި މުހިންމެވެ. ދަރިންގެ މުސްތަޤްބަލް ބިނާވެގެންދާނީ އެކުދިންނަށް ދެވޭ އަޚްލާޤްގެ މައްޗަށެވެ. އެކުދިންނަށް ދުނިޔެއާއި ޢާޚިރަތުގައި ފައިދާކުރާނެ ތަރުބިއްޔަތުގެ މައްޗަށެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ ދަރަޖަތައް ހޯއްދެވި ގިނަ ޞަޙާބީން އެމަތިވެރި ދަރަޖަ ހޯއްދެވީ އެންމެ ބޮޑެތި ޢިލްމުވެރިންނަށްވެގެނެއް ނޫނެވެ. އެބޭކަލުންގެ ކިބައިގައި ހުރި ރިވެތި އަޚްލާޤުންނެވެ.

އެންމެ ޚާއްޞަގޮތެއްގައި ﷲ ތަޢާލާއަށް ބިރުވެތިވުމާއި ކިޔަމަންތެރިވުމުންނެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތައިގެންނެވެ. އަނބިދަރިންނާއި ޢާއިލާގެ ޙައްޤުތަކަށް ރައްކައުތެރިވެގެންނެވެ.

މިފަދަ ރިވެތި އަޚްލާޤީ ސިފަތައް ދަރިންގެ ކިބައިގައި އަށަގަންނާނީ މައިންބަފައިންނަކީ އަޚްލާޤީ ގޮތުން ނަމާނާ ބައަކަށްވެގެންނެވެ. ދެބަސްވެ ޒުވާބުނުކުރާ ބައަކަށްވެގެންނެވެ. އެކަކު އަނެކަކަށް އަޅައިލާ އަދި ލޯބިދޭ ބައަކަށްވެގެންނެވެ. އެސިފަތައް މައިންބަފައިންގެ ކިބައިގައި ހުރިކަން ދަރިންނަށް ދައްކައިދީގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން