ޔަޤީންވެ އިތުރަށް ޘާބިތުވަމުން އެދަނީ ޤުރްއާނުގެ މަތިވެރިކަމާ ޞައްޙަކަން ބޮޑުކަމުން ޙަޖަމްނުކުރެވޭކަން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޔަޤީންވެ އިތުރަށް ޘާބިތުވަމުން އެދަނީ ޤުރްއާނުގެ މަތިވެރިކަމާ ޞައްޙަކަން ބޮޑުކަމުން ޙަޖަމްނުކުރެވޭކަން!: މުފްތީ މެންކް

ކޮންމެ މީހަކު ނަމަވެސް ފޮތެއް ދެކެ ރުޅިއަންނާނީ އެފަތުގައި ކަމުނުދާ ވާހަކައެއް ނުވަތަ ވާހަކަތަކެއް ބަޔާންކޮށްފައި އޮތުމުންނެވެ. އެހެންކަމަށްވެއްޖެނަމަ ފުރަތަމަ ކަމަކަށް ކުރާނެ ކަމަކީ އެމީހާ ކަންބޮޑުވާ، ނުވަތަ ރުޅި އަންނަ ވާހަކަތައް ހާމަކުރުމެވެ. އެކަމަށް ބަހުސަށް ހުޅުވައިލުމެވެ. އެއީވެސް މިހާރުކުރަން ވަރަށް ފަސޭހަ ކަމެކެވެ. ސޯޝަލް މީޑިއާގައި ހާމަކޮށްލާއިރަށް ބަހުސް ފެށިގެންދާނެއެވެ. 

އެހެންކަމުން އެކަންކަން ބަޔާންނުކޮށް އެފޮތުގެ ކޮޕީއެއް އަންދައިލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެންމެކޮޕީއެއް އަންދައިލިއްޔާ އެފޮތެއް ދުނިޔެއިން ހުސްކުރެވޭނެ ހެއްޔެވެ؟ އެހެނަކަމުން މީހަކު ރުޅިއައިސްގެން އެއްވެސް ފޮތެއް އަންދާލައިފިނަމަ އެކަމުން އެނގިގެންދަނީ އެފޮތާއިމެދު އޭނާގެ ހިތުގައި އުފެދިފައި އޮތް ނަފްރަތުގެ ބޮޑުކަމެވެ. 

ހަމައެއާއިއެކު ޔަޤީންކުރެވިގެން އެދަނީ އެފޮތުގައިވަނީ ޙަޤީޤީ ވާހަކަތަކެއްކަމެވެ. އެފޮތް އަންދައިލާނީ އެމީހަކަށް އެކަން ޙަޖަމް ނުކުރެވިގެންނެވެ. ފޮތުގައިވާ ޞައްޙަ މައުލޫމާތުތަކުގެ ސަބަބުން ހިތުގައި އުފެދޭ ރުޅިވެރިކަން ކޮންޓްރޯލް ނުކުރެވިގެންނެވެ. 

ވީމާ މީހަކު (ބައުވެގެން ނައްތާލުމުގެ ރަނގަޅު ނިޔަތުގައި ނޫން ގޮތަކަށް) ރުޅިވެރިކަމުގައި ކީރިތި ޤުރްޢާން އަންދާލައިފިނަމަ އެކަމުން އެނގިގެންދަނީ ކީރިތި ޤުރްއާނުގެ މަތިވެރިކަން ބޮޑުކަމެވެ. ފުރިހަމަކަން ބޮޑުކަމެވެ. ފުރިހަމަކަން ބޮޑުކަމުން ހިތުގައި އުފެދުނު ހަސަދައިން އެމީހަކަށް ސަލާމަތް ނުވެވުނުކަމެވެ. 

ބުނަންހެއްޔެވެ؟ އެފަދަ ޢަމަލުތައް ކުރިވަރަކަށް އިތުރަށް ޘާބިތުވަމުންދާނީ މިބުނި ކަންކަމެވެ. ޤުރްއާނުގެ ދަރަޖަ ދާނީ އުފުލެމުންނެވެ. މަތިވެރިވަމުންނެވެ. ދެރަވެ ނިކަމެތިވަމުންދާނީ ހަސަދަވެރިވާ ބައެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން