ދަރިންނަށް ދޭންޖެހޭ ލޯތްބާ އަޅައިލުމާ ވަޤުތު ނުދެވޭނަމަ ދަރިން ގިނައިން ލިބުމުން ލިބޭނެ އުފަލެއް ނެތް! އެކަންވާނީ އިތުރުވާ ފާފަތަކަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދަރިންނަށް ދޭންޖެހޭ ލޯތްބާ އަޅައިލުމާ ވަޤުތު ނުދެވޭނަމަ ދަރިން ގިނައިން ލިބުމުން ލިބޭނެ އުފަލެއް ނެތް! އެކަންވާނީ އިތުރުވާ ފާފަތަކަކަށް!

އަހުރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު އެމީހުންނަށް ގިނަ ދަރިންތަކެއް ލިބުމުން ފަޚުރުވެރިވެއެވެ. އުފާވެސްވެއެވެ. އެކަމުގެ ވާހަކަވެސް ދައްކައެވެ. ނަމަވެސް ގިނަ ބައަކަށް ނުވިސްނޭ ވަރަށް ބޮޑުކަމެއް އޮވެއެވެ. 

އެއީ ދަރިންނަށް އަޅާލައި ލޯބިދޭންޖެހޭ ކަމެވެ. އެކުދިން ތަރުބިއްޔަތުކުރަންޖެހޭ ކަމެވެ. އެކަންކަން ކުރެވޭނީ އެދަރިންނަށް ވަޤުތުދީގެން ކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ގެއަށް ވަނުމުން ބައްޕަގެ ލޯބި ބޭނުންވެގެން ދަރިންތައް އައިސް ވަސައިގެން އެނބުރޭތީ އެއީ ބޮލަށް އުނދަގޫވާ ކަމެއްކަމަށް ދެކިގެން ގެއަށް ވަނުން މަދުކުރާ ބައްޕައިން އެބައުޅެއެވެ. އެއީ މަދު ޢަދަދެއްވެސް ނޫނެވެ. ދެން ނިކަން ބުނެބަލާށެވެ! އެހެންކަމަށްވާނަމަ އެދަރިންތައް ހޯދީ ކީއްކުރަންހެއްޔެވެ؟ 

އަދިވެސް ބުނަމެވެ. ދަރިންނަކީ މައިން ބަފައިންގެ ޢަމަލުތައް ކޮޕީކުރާނެ ބައެކެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ނެތި އަބަދު ޒުވާބުކޮށް ނުބައިބަސްތައް ބުނާނަމަ ދަރިންނަށް އެ ދަސްކޮށްދެވެނީ އެކުދިން ބޮޑުވުމުން އެކުދިން ކައިވެނިކުރާ މީހުންނަށް ހަމަ އެގޮތަށް ކަންތައް ކުރާށެވެ. ހަމައެފަދައިން މައިންބަފައިންނަކީ ފާފަކުރާ ބައަކު ކަމުގައި ވެއްޖެނަމަވެސް ދަސްކޮށް އެދެވެނީ ފާފަކުރާށެވެ! 

ވީމާ ދަރިން ލިބުމުން ދިރިއުޅުން އިޞްލާޙްކޮށް ލޯބިން، ރަނގަޅު ގޮތުގައި ދިރިނުއުޅެވޭނެނަމަ އަހުރެން ބުނާނީ ދަރިން ހޯދުމުގެ ބޭނުމެއް ނެތެވެ. ދަރިން ހޯދުމުން އިތުރުވެގެންދާނީ ބޮލުގައި އަޅަންޖެހޭ ފާފަތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން