ނުބައި ކަންކަންކުރާ މީހުންނަށް ކައްވަޅުގައި ޢަޛާބުލިބޭކަމުގެ އެއްވެސް ހެއްކެއް ފެނިފައިވޭތޯ؟
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކީ އާނއެކެވެ! ތިރީގައިވާ ވާހަކަ ވިދާޅުވުމުން އެނގިވަޑައިގަންނަވާނެއެވެ!
މިޒަމާނުގެ ގިނަ މީހުން މިފަދަ ވާހަކަތައް ޤަބޫލެއްވެސް ނުކުރާނެއެވެ. ޤަބޫލުކުރާ މީހުންވެސް ބުނާނީ އެއީ އެޒަމާނުގައިވީކަންކަން ނަމަވެސް މިޒަމާނުގައި ތިއަ ބާވަތުގެ ކަންކަމެއް ނުފެންނާނެއެވެ. އެކަމަކު މިހާރުވެސް މިފަދަ ތަފާތު އެތައް ކަންތައްތަކެއް ފެނެއެވެ. ޤަބޫލުކުރަން އުނދަގޫވަނީއެވެ. ފެންކަންކަމާއި ފެންނަގޮތް ތަފާތުވީމައެވެ.
ޢަބްދުﷲ އިބްން ޢުމަރު ކުރެއްވެވި ދަތުރުފުޅެއްގައި ރޭކުރައްވަވަން ގެއެއްގައި މަޑުކުރެއްވެވިއެވެ. ރޭގަނޑުވުމުން ގޭ ކައިރީގައި ހުރި މަހާނައަކުން ބިރުވެރި ގޮތަކަށް އަޑެއް އަންނަން ފެށިއެވެ.
"ބޮއުލް ވަމާ ބައުލް، ޝަން ވަމާ ޝަން" (ކުޑަކަމުދާ އެއްޗެތީގެ ތިކިތައް، ކޮން ކުޑަކަމުދާ އެއްޗެތީގެ ތިކިތަކެއް؟ ލެދަރު ފެން ކޮތަޅު، ކޮން ލެދަރު ފެންކޮތަޅެއް؟)
މިކަމާއިބެހޭ ގޮތުން ސުވާލުކުރެއްވެވުމުން ގޭގެ އަންހެން މީހާ ދެންނެވިއެވެ.
އެއީ އަހަރެންގެ ފިރިމީހާގެ މަހާނައެވެ. މަރުވެ ވަޅުލެވުނުފަހުން ކޮންމެ ރެއަކު އެއަޑެއް އިވެއެވެ. އޭނާއަކީ ކުޑަކަމު ދިއުމުގަ ވަރަށް ފަރުވާކުޑަކުރި މީހެކެވެ. ކިތަންމެ ވަރަކަށް އާދޭސްކުރި ނަމަވެސް އަޑެއް ނުއަހާނެއެވެ. ކުޑަކަމުދާނީ ކޮޅަށް ހުރެއެވެ. ގައަށް ބުރާ ގޮތަށެވެ.
އެތަން ބަލަން ކެތް ނުކުރެވިގެން "ޖަމަލުވެސް ގައަށް ބުރާ ގޮތަށް ކުޑަކަމު ނުދާނެ" ކަމަށް ބުނީމާ ބުނާނެއެވެ. "ތިއައީ (އަނބިމީހާއަކީ) އަދި މާނުބައި ޖަނަވާރެކެވެ!"
ފެންކޮތަޅުގެ ކަންތައްވީ މިފަދައިންނެވެ.
އެއްދުވަހަކު ފެންބޮވައިގަނެ ކަޅިހުއްޓިފައި ހުރެގެން މީހަކު އައިސް ދޮރުމައްޗަށް އަރައި ފެންފޮދަކަށް އެދުމުން އެލުވާފައި އޮތް ލެދަރުންހަދާފައިވާ ފެންއަޅާ ކޮތަޅެއް (ދަބަހެއް) ދައްކާފައި ބުންޏެވެ. "އެހަމުގައި ފުރެންދެން ފެން ހުންނާނެއެވެ."
ދެން އޭނާ ހަންނަގައި ބެލިއިރު އެންމެ ފެންފޮދެއްވެސް ނެތެވެ. އެކަމުން ލިބުނު ސިހުމުގައި އޭނާ މަރުވެގެން ބިންމައްޗަށް ވެއްޓުނީއެވެ. ފެންހަމުގެ ވާހަކައަކަށް އެގޮވަނީ އެވާހަކައެވެ.
ޢަބްދިﷲ އިބްން ޢުމަރު މަދީނާއަށް އެނބުރި ވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މިވާހަކަ ބަޔާންކުރައްވަވައި ދެއްވެވުމުން ޞަޙާބީން ގިނިކަންޏާ ދަތުރުފުޅުކުރެއްވެވުން މަނާކުރެއްވެވިއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން