ތިބާގެ ދުނިޔެ އުފާވެރި ބަގީޗާއަކަށް ބަދަލުކޮށްލައި އުފަލުގަ ދިރިއުޅެން ބޭނުންނަމަ މީހެއްގެ ކިބައިން އަނިޔާ ލިބިގެންހުރި ބައިވެރިއަކު ހޯދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ތިބާގެ ދުނިޔެ އުފާވެރި ބަގީޗާއަކަށް ބަދަލުކޮށްލައި އުފަލުގަ ދިރިއުޅެން ބޭނުންނަމަ މީހެއްގެ ކިބައިން އަނިޔާ ލިބިގެންހުރި ބައިވެރިއަކު ހޯދާށެވެ!

ފެށުމުގެ ގޮތުން ކޮންމެ ދެމަފިރިއަކަށްވެސް ބަހެއް ބުނެލާނަމެވެ!

ދެމަފިރިން އެކަކު އަނެކަކަށް ކަންތައްތައް ކޮށްދޭންވީ އަނެކާ ކޮށްދޭ މިންގަނޑު ބަލައި މިނެ ކިރައިގެނެއް ނޫނެވެ. އެމީހަކަށް ކޮށްދެވުނު އެންމެ ރަނގަޅަކަށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ބަދަލު ހިތަށްވެސް ނުގެނެވޭނެހައި ފުރިހަމަވާނެއެވެ! އިން ޝާ ﷲ

އެހެން މީހުން ތިބާ އާއިމެދު ކަންކަންކުރާ ގޮތް އެއީ ނުރަނގަޅު ގޮތް ކަމަށްވެއްޖެ ނަމަ އެކަމާއިމެދު ކުރެވެނެ އެއްވެސް ކަމެއް ތިބާއަށް ނެތިދާނެއެވެ. އެއީ އެކަމުގެ އެއްވެސް ބާރެއް ތިބައަށް ލިބިފައި ނުވާތީއެވެ. ކޮންމެ މީހަކަށް ވަކި މިންވަރެއްގެ އިޚްތިޔާރުތަކެއް ﷲ ތަޢާލާ ދެއްވަވާފައިވާތީއެވެ!

މިހައިތަނަށް ދުނިޔެ ބަދަލުކޮށްލީ ކޮންބައެއްކަން އެނގޭހެއްޔެވެ؟ ގިނައީ އެކަމަށް ނުވެސް ވިސްނާ މީހުންނެވެ! ދުނިޔޭގެ ތާރީޚަށް ބަލާށެވެ! އަދި ކާމިޔާބު ދެމަފިރިންގެ ޒަވާޖީ ޙަޔާތަށް ބަލާށެވެ!

ދުނިޔެއަށް އެންމެ އަގުހުރި ޚިދުމަތް ކޮށްދިން ގިނަ ލީޑަރުންނަކީ އެމީހުންގެ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެތައް ދަތިތަކެއް ކުރިމަތިވި މީހުންނެވެ. އެތައް ބައެއްގެ ބޮޑެތި އަނިޔާތައް ލިބުނު މީހުންނެވެ. ނަމަވެސް އެމީހުން ދުނިޔޭގެ ލީޑަރުންނަށް ވެގެން އެދިއައީ އަމިއްލަ ނަފުސަށް ލިބުނު އަނިޔާތަކަށް ނުބަލައި އެހެން މީހުންނަށް ޚިދުމަތްކުރަން ކުރިމަތިލުމުންނެވެ.  

ދެން އެންމެ ކާމިޔާބު ޒަވާޖީ ޙަޔާތަށް ބެލިނަމަވެސް އެންމެ އުފަލުގައި ހަމަޖެހިލައިގެން ދިރިއުޅޭ ދެމަފިރިންގެ ތެރޭގައި ގިނަވާނީ ކުރީގެ ފިރިމީހާގެ ގާތުން ބޮޑެތި އަނިޔާތައް ލިބިފައިވާ އަނބިންނެވެ. އެފަދަ ބޮޑެތި އަނިޔާތައް ލިބުމުންވެސް މާޔޫސްނުވެ އެއީ ކަމަކަށް ނުހަދައި އަލުން ދިރިއުޅުމާއި ކުރިމަތިލި މީހުންނެވެ!

ޙަޤީޤަތުގައި އެމީހުން އެތިބީ ފުރިހަމަ ގޮތުގައި ވަކީލުކޮށްގެންނެވެ. އަދި ކިއްހެއްޔެވެ؟ ލިބޭ ދެވަނަ ފުރުޞަތުގައި ގައިގަ ހިތްވަރު އެބަހުރިކަން ދައްކައިލަން ވަރަށް ވަރުގަދައަށް މަސައްކަތްކުރާނެއެވެ. 99 އިންސައްތަ ކާމިޔާބުވެސް ކުރާނެއެވެ. އިން ޝާ ﷲ

ކުރިން ކުރެވުނު ތަޖުރިބާގެ އެހީގައި ދެވަނަ ހަޔާތް ކާމިޔާބުކުރަން އެމީހުންނަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދެއެވެ. އެއީ އެކަންކަން ވާނެގޮތްވެސްމެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން