އަހުރެންގެ ދަރިއަކު ރިވެތިކޮށް ޤުރްއާން ކިޔަވާނަމަ ހަޤީޤަތް ނުއެނގޭ މީހުން ބުނާނީ އެއީ އަހުރެންގެ މަސައްކަތުން ކަމަށެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. އެއީ އަހުރެންގެ އަނބިމީހާގެ މަސައްކަތެވެ. އަހުރެންގެވެސް ދައުރެއް ނެތްކަމަށް ބުނަނީއެއް ނޫނެވެ.
ގިނަ ބައްޕައިންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ދަރިންނަށް ޤުރްއާން ކިޔަވައިދިނުން ފަދަ ކަންކަން ކުރާނެ ވަޤުތު އޮންނަނީ ނުލިބިފައެވެ. ވީމާ އެކަން އޮންނަނީ ބައްޕައިންނަށް ނުކުރެވިފައެވެ.
އަނބިން އިޚްތިޔާރުކުރުމުގައި ބަލާ 4 ކަމެއް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެތަނުން އެންމެ މުހިންމީ އަނބިމީހާގެ ދީންކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ނަމަވެސް މިއަދު އެކަމަށް އެބަ ބެލޭހެއްޔެވެ؟ ބޭރުފުށުގެ ސިފައަށް ބަލާފައި ކަމުގޮސްގެން ކައިވެނިކުރަނީ ނޫންހެއްޔެވެ؟
ވީމާ ކައިވެނހިކުރާއިރު އެންމެ ބޮޑަށް ވިސްނަންވީ ލިބޭ ދަރިންނަށް ވީހައި ރަނގަޅު ގޮތް ވުމަށެވެ. ވީމާ އެދަރިންނަށްޓަކައި ކުރަން އޮތް ކަމަކީ ދީންވެރި، ތަޤްވާވެރި، ދަރިން ތަރުބިއްޔަތުކުރާނެ މަންމައަކު ހޯދައިދިނުމެވެ. ނަމަވެސް މިއަދު އަހުރެމެން މިވިސްނަނީ އެކަމަކަށް ނޫނެވެ. އަމިއްލަ ހިތްހަމަޖެހުމަށެވެ. ނަތީޖާއަކީ ދަރިންނަށް ހިތާމަކުރަންޖެހުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން