ފަރުޟު ނަމާދުތައް ނުކުރާ، ޢިލްމުވެރިން ދެއްވާ ދަރުސްތައް އަޑުއަހަން ބޭނުންނުވާ މީހުން އިސްމަޤާމުތަކުގަ ބޭތިއްބުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ފަރުޟު ނަމާދުތައް ނުކުރާ، ޢިލްމުވެރިން ދެއްވާ ދަރުސްތައް އަޑުއަހަން ބޭނުންނުވާ މީހުން އިސްމަޤާމުތަކުގަ ބޭތިއްބުމެއް ނެތް!

ދީނީ ޢިލްމުވެރިން ދެއްވާ ދަރުސްތައް އަޑުއަހަން ތިބޭ މީހުންގެ ތެރޭގައި އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ތިއްބަވާތަނެއް ނުފެނެއެވެ. އެއީ ކީއްވެގެންތޯ؟ އެބޭފުޅުންނަށް ދީނުގެ ހުރިހާ ކަންކަން އެނގިވަޑައިގަންނަވަނީތޯ؟ 

ކިޔުންތެރިޔާގެ ސުވާލަކީ މުހިންމު ސުވާލެކެވެ. ގިނަ ބައަކުކަންބޮޑުވާވެސް ކަމެކެވެ. ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމްވެ. 

އިސްމަޤާމެއް ލިބުމުން އެ މަޤާމް ދެއްވެވީ ﷲ ތައާލާކަން ހަނދާން ނުހުންނަ މީހުން ވަރަށް ގިނައެވެ. ގިނަ މީހުންނަށް ޤަބޫލުކުރެވެނީ މަޤާމު ލިބުނީ އޭނާ ޙާޞިލުކޮށްފައިވާ ސެޓުފިކެޓްތަކުގެ ސަބަބުން ނުވަތަ ތަޖުރިބާގެ ސަބަބުން ކަމަށެވެ. ނުވަތަ އިންތިޚާބަސް ކުރި ކެންޕޭނު ވަރުގަދަކަމުން ލިބުނު ވޯޓު ގިނަކަމުން ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. ޙަޤީޤަތަކީ މަޤާމް ލިބުނީ ﷲ ތަޢާލާ އެކަމަށް މިންވަރުފުޅު ކުރެއްވެވުމުން ކަމެވެ. 

މަތީ މަޤާމްތައް ލިބުމުން ބައެއް މީހުން ނަމާދަށް މިސްކިތަށް އަރަން ލަދުގަނެއެވެ. ހައިބަތު މާބޮޑުކޮށް ފެންނާތީއެވެ. އެހެން މީހުންނަށްވުރެ މާ ބޮޑު ބިޔަ މީހެއްގެ ގޮތުގައި ތިމާއަށް ތިމާ ފެންނާތީއެވެ. ފަހަރެއްގައި އެކަނި ހުންނަން އެއް ސަފު ނުލިބޭތީ ކަމަށްވެސް ވެދާނެއެވެ. ޖަމާއަތުގައި ނަމާދުކުރާއިރު އިސްކޮށް ހުންނާނީ އިމާމް މީހާ އެކަންޏެވެ. ދެން ތިބި އެންމެންނަށްވެސް ޖެހޭނީ އިމާމް މީހާ ފަހަތުގައި ސަފުސަފަށް ތިބޭށެވެ. އެކަކާއިޖެހި އަނެކަކު ހުންނަގޮތަށެވެ. 

މަތީ މަޤާމުތައް ލިބުމުން އެމީހަކަށް ދީނީ ގޮތުން ނަޞޭހަތެއް ދިން ނަމަވެސް ބައެއް މީހުންނަށް އެ ނަޞޭޙަތްވެސް ބަލައެއް ނުގަނެވެއެވެ. އެ ނަޞޭހަތަށްވުރެ އެފަދަ މީހުންނަށް މުހިންމުވަނީ އެމީހާގެ ނިންމުމެވެ. މިޒަމާނުގައި ނަމަ އެމީހަކު ނިޞްބަތްވާ ޕާޓީގެ ސިޔާސަތެވެ. 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ! މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިން ވިދާޅުވަނީ: 

"އިސްލާމް ދީނުގެ މަގުން ދެވޭ ހެޔޮ ލަފާ ނަޞޭޙަތަށް ބީރުކަންފަތް ދޭ މީހުން އިސް މަޤާމުތަކުގައި ބެއިތިއްބުމެއް ނެތެވެ. އޮތީ އަވަސް މަގަކުން އެމީހުން މަޤާމުތަކުން ދުރުކޮށް އިސްލާމް ދީނުގެ މަގުން ދެވޭ ހެޔޮ ލަފާ ނަޞޭޙަތް އަޑު އަހާނެ ބައަކު މަޤާމުތަކަށް އިސްކުރަން މަސައްކަތް ކުރުމެވެ."

މިއަދު އޮންލައިން