ފިރިމީހާއަށް ހެނދުނުގެ ކޮފީއާ ނާސްތާ ދިނުމަކީ މުހިންމުކަމެއްކަމަށް ދެކޭފަދައިން ހެނދުނު ކަސްރަތުކޮށްލުމަކީވެސް ހަމަ ފިރިމީހާއަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށް ދެކެންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފިރިމީހާއަށް ހެނދުނުގެ ކޮފީއާ ނާސްތާ ދިނުމަކީ މުހިންމުކަމެއްކަމަށް ދެކޭފަދައިން ހެނދުނު ކަސްރަތުކޮށްލުމަކީވެސް ހަމަ ފިރިމީހާއަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށް ދެކެންޖެހޭނެ!

ގިނަ އަނބިންނަށް އޮޅިފައި އޮންނަ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ ކޮންމެ އަންތބަކަށްވެސް އޭނާގެ ފިރިމީހާއަށް ދޭންޖެހޭނެ އެންމެ އަގުބޮޑު ހަދިޔާގެ ވާހަކައެވެ. 

އެއީ ލޯތްބެއްވެސް ނޫނެވެ. ދަރިންނެއްވެސް ނޫނެވެ. ފައިސާއެއްވެސް ނޫނެވެ. ސުވާލަކީ އެހެންކަމަށްވާނަ އެއީ ދެން ކޮންއެއްޗެއް ހެއްޔެވެ؟ 

ޖަވާބަކީ އަނބިމީހާއެވެ! މާނައަކީ އަނބިމިހާގެ ހަށިގަނޑެވެ. އަނބިމީހާގެ ހަށިގަނޑު ހަދިޔާކުރުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ނުއެނގޭނަމަ އަޑުއަހާށެވެ. 

އެއީ އަމިއްލަ ހަށިގަނޑާއިމެދު ފަރުވާކުޑަނުކުރުމެވެ. ސަމާލުކަންދީގެން ބެލެހެއްޓުމެވެ. ކަސްރަތުކޮށް ދުޅަހެޔޮ ޞިއްހަތެއްގައި ހުންނަން މަސައްކަތްކުރުމެވެ.

ޢުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެކަންކަން އަންނާނެއެވެ. އެއީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް ހިތްވަރާއިއެކު މަސައްކަތް ކުރެވިއްޖެނަމަ ހަށިގަނޑުގެ ދުޅަހެޔޮކަން ހިފެހެއްޓިދާނެއެވެ. އިން ޝާ ﷲ  

ފިރިމީހާއަށް ހެނދުނުގެ ކޮފީ އާއި ނާސްތާ ދިނުން އެއީ މުހިންމުކަމެއްކަމަށް ދެކޭފަދައިން ހެނދުނު ކަސްރަތުކޮށްލުމަކީވެސް ހަމަ ފިރިމީހާއަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށް ދެކެންޖެހޭނެއެވެ.   

އަދި މިބުނި ފަދައިން އަމިއްލަ ހަށިގަނޑާއިމެދު ރައްކައުތެރިވާންޖެހޭ ދެވަނަ ސަބަބެއްވެސް ބުނެލާނަމެވެ. އެއީ އެވަރުން އުޅެނިކޮށްވެސް އެކަނިވެރިވާން ޖެހިއްޖެނަމަ ދެކަނިވެރިވާން ފަށަންޖެހޭ ޙަޔާތް ފެށުމަށްވެސް ތިމާއަށް ދުޅަހެޔޮ ޞިއްހަތަކަށް ބޭނުންވާތީއެވެ.

- އަލަފް

 

 

މިއަދު އޮންލައިން