ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ރަސްމީކޮށް ފަށާ ޖަލްސާ މިރޭ މާމިގިލީގައި ބާއްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ރަސްމީކޮށް ފަށާ ޖަލްސާ މިރޭ މާމިގިލީގައި ބާއްވަނީ

ޖުމްހޫރީ ޕާޓީގެ (ޖޭޕީ)ގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށާ ޖަލްސާ މިރޭ މާމިގިލީގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

މިރޭ 8:30 ގައި މާމިގިލި، ވިލާ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަކީ އެޕާޓީގެ ކެމްޕެއިން ރަސްމީކޮށް ފަށާ ޖަލްސާ ކަމަށް ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު ޢަލީ ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މިޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ޑެޕިއުޓީ ލިޑަރު އަދި ރަނިންގ މޭޓް ޑރ. އަމީން އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މިޖަލްސާގައި ރާއްޖޭގެ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

 

މިއަދު އޮންލައިން