ޤާބިލް ބައަކު ވެރިކަމަށް އިސްނުކުރެވިއްޖެނަމަ ލަންކާއަށް ޖެހުނު ޙާލު 2 އަހަރެއްހައި ދުވަހުގެ ތެރޭގަ ޖެހުމުގެ ބިރު ވަރަށް ބޮޑު-: ޑރ. ވަޙީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޤާބިލް ބައަކު ވެރިކަމަށް އިސްނުކުރެވިއްޖެނަމަ ލަންކާއަށް ޖެހުނު ޙާލު 2 އަހަރެއްހައި ދުވަހުގެ ތެރޭގަ ޖެހުމުގެ ބިރު ވަރަށް ބޮޑު-: ޑރ. ވަޙީދު

ޤާބިލް ބައަކު ރާއްޖޭގެ ވެރިކަމަށް އިސްނުކުރެވިއްޖެނަމަ ލަންކާއަށް ޖެހުނު ޙާލު 2 އަހަރެއްހައި ދުވަހުގެ ތެރޭގައި ރާއްޖެއަށް ޖެހުމުގެ ބިރު ވަރަށް ބޮޑުކަމަށް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް، އދ. މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ވަހީދު ވިދާޅުވީ ޕީޕީއެމްއިން އިންތިހާބުގައި ވާދަނުކުރަން ނިންމުމަކީ، ޕާޓީގެ މެމްބަރުން މަގުމަތިވުންކަމަށް ސިފަކުރައްވާފައެވެ. އަދި ރައީސް ވަހީދު މަގުމަތިވެއްޖެކަމަށް ބުނެ ޕީޕީއެމްގެ ލީޑާޝިޕުން ދައްކާ ވާހަކަތަކަށް އެމަނިކުފާނު ވަނީ ރައްދުދެއްވާފައެވެ.

އެހެންކަމުން ޤާބިލް ބައަކު ރާއްޖޭގެ ވެރިކަމަށް އިސްނުކުރެވިއްޖެނަމަ ލަންކާއަށް ޖެހުނު ޙާލު 2 އަހަރެއްހައި ދުވަހުގެ ތެރޭގައި ރާއްޖެއަށް ޖެހުމުގެ ބިރު ވަރަށް ބޮޑުކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ވަޙީދު ވިދާޅުވީ ޑރ. ވަޙީދު ވިދާޅުވީ "އެޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ނެތުމުން، އެއްވެސް މީހަކަށް އެޕާޓީން ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތެއް ނުލިބުނު. ނުދިން. އޭގެ ސަބަބުން މިއަދު ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަަހަރުގެ ރިޔާސީ އިންތިހާބުގެ ބެލެޓް ކަރުދާހަކު ނެތް. ޕިންކް ކުލަ ވެސް ނެތް. ޕީޕީއެމްގެ ކުލައެއް ވެސް ނިޝާނެއް ވެސް ނެތް. ކޮބައިތޯ ޕީޕީއެމްގެ ސާޅީހަކަށް ހާސްް މެމްބަރުން، އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މަގުމަތިވިއްޔާ އެބޭފުޅުން ވެސް ތިބީ މަގުމަތީގައޭ." ކަމަށެވެ.

 

އެހެންކަމުން ވަކި މީހަކަށް ނުބަލައި ގައުމަށް އިސްކަންދިނުމަށާއި ވިސްނުމަށްފަހު ގާސިމްއަށް ވޯޓު ދިނުމަށް ޕީޕީއެމް މެންބަރުންނަށް ވެސް ޑރ.ވަހީދު ވަނީ ގޮވާލައްވާފައެވެ.

މިއަދު އޮންލައިން