ކޮންމެ މީހަކު ނަމަވެސް އެމީހަކީ މުސްލިމެއްކަން ކަނޑައެޅުމަށްޓަކާ ތިމާގެ ޙާލު އަމިއްލައަށް ވަޒަންކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކޮންމެ މީހަކު ނަމަވެސް އެމީހަކީ މުސްލިމެއްކަން ކަނޑައެޅުމަށްޓަކާ ތިމާގެ ޙާލު އަމިއްލައަށް ވަޒަންކޮށްލަބަލަ!

ކޮންމެ މުސްލިމަކުވެސް ބުނާނީ ތިމާއަކީ މުސްލިމެއް ކަމަށެވެ. އެވަރުން ފުދޭނެހެއްޔެވެ؟ މުސްލިމް ނަމެއް ކީނަމަވެސް މުސްލިމަކަށް ވެވޭނީ ޝަރުޠޫތަކަކާއިވެސް އެކުގައެވެ. 

ތިމާއަކީ މުސްލިމަކު ކަމަށް ބުނާނަމަ ފުރަތަމަކަމަކީ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ. އެއިގެ ތެރޭގައި ޙަދީޘްފުޅުތައް ޤަބޫލުކޮށް ސުންނަތަށް ޢަމަލުކުރުންވެސް ހިމެނެއެވެ.

ވީމާ ﷲ ތަޢާލާ ވަކިގޮތަކަށް ކަމެއް ކުރަން އަންގަވާފައިވަނިކޮށް އެކަން ކުރެވިދާނެ އެހެން ގޮތެއް އެބައޮތްތޯ ވިސްނުމަކީވެސް ބޮޑުވެގެންވާ ފާފައެކެވެ. އެއީ އެއީ ޢަމަލުކުރުން އެއްކިބާކޮށްފައި އެންމެކުޑަމިނުން ވިސްނައިގެންވެސްވާނެ ކަމެއް ނޫނެވެ. އެކަން ކުރުމުގެ ޙައްޤުވެސް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

ފުރިހަމަ މުސްލިމަކަށްވެވޭނީ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ޢަމަލުކޮށްގެންނެވެ. އެމީހަކު ކުރަން ބޭނުންހައިކަމެއް ކޮށްފައި ނުކުރަން ބޭނުންވާ ކަންކަން ނުކުރުމަކުން އެމީހާގެ ކިބައިގައި އިސްލާމްކަން ފުރިހަމައެއް ނުވާނެއެވެ!

މިސާލަކަށް ފަތިސްނަމާދަށް ހޭލަން ބޭނުންވެ އެކަމަށް މަސައްކަތްނުކުރާ، އަދި ފަރުޟު 5 ނަމާދު ޖަމާޢަތުގައި ނުކުރާ މީހަކަށް ތިމާއަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ބޯލަނބައިގެން ހުރި މީހެއްކަމަށް ބުނެވިދާނެހެއްޔެވެ؟

މިސުވާލުމިކުރަނީ ވަކި މީހަކަށް ނޫނެވެ. ތިމާއަކީ މުސްލިމެއް ކަމަށް ބުނާ އެންމެންނަށެވެ. ތެދުވެރިކަމާއިއެކު ނިކަން ޖަވާބުދީބަލާށެވެ.

އަޢުރަ ނިވާކުރުމުން ފެށިގެން ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅުތައް ތިމާއަށް ތަންފީޒުކުރެވޭ މިންވަރާއިމެދު ކޮންމެ މީހަކުވެސް ވިސްނައިލާށެވެ! އެއަށްފަހު ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށް މިއަދުން ފެށިގެން މިވަގުތުން ފެށިގެން މަސައްކަތްފަށާށެވެ!

- މުފްތީ މެންކްގެ ދަރުސަކުން  

 

 

މިއަދު އޮންލައިން