ހިލޭ މީހުން ތިމާގެ އަނބިމީހާއަށް، ފިރިމީހާއަށް ބަލަން ތިބާ ނޭދޭ ފަދައިން ތިބާ ބަލަންވެސް އެހެން މީހުން ނޭދޭނެކަން ޤަބޫލުނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިލޭ މީހުން ތިމާގެ އަނބިމީހާއަށް، ފިރިމީހާއަށް ބަލަން ތިބާ ނޭދޭ ފަދައިން ތިބާ ބަލަންވެސް އެހެން މީހުން ނޭދޭނެކަން ޤަބޫލުނުކުރަނީ ކީއްވެ؟

އެއްވެސް މީހަކީ އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް އެހެން މީހުން ބަލައި ކަޅިއަޅަން އެދޭނެ މީހެއް ނޫނެވެ. ވީމާ ތިމާއަކީވެސް އެހެން މީހުންނަށް ބަލައި އަޅާ މީހަކަށްވެގެން ނުވާނެއެވެ. އެކަމަސް އެހެން މީހުންވެސް ނުރުހޭނެކަން ޤަބޫލުކުރަންވާނެއެވެ.

ރަސޫލް ﷺ ޙަދީޘްފުޅުކުރައްވަވާފައިވެއެވެ.

"ސުވަރުގެ ވަށައިލެވިގެންވަނީ ހިތް ނޭދޭ ކަންތައްތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ހިތް އެދޭ ކަންތައްތަކުންނެވެ."

"ވީމާ ކިތަންމެ ބަލާހިތްވީ ނަމަވެސް ސުވަރުގެ ހޯދުމުގެ ބޭނުމުގައި ބެލުން ތިރިކޮށްލާށެވެ! ތިބާގެ އަންހެނުން މަގުމަތިން ދަނިކޮށް ހިލޭ ފިރިހެނުން އޭނާއަށް ބަލަން ނުއެދޭފަދައިން އެހެން މީހުންވެސް ނޭދޭނެކަން ހަނދާންކުރާށެވެ!"

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ މަގުމަތިން އަޢުރަ ފެނުމުން ފާފަވެރިވާނެތޯ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ސުވާލު އަމާޒުކޮށްފައި އޮތީ ފިރިހެނުންނަށް ކަމަށްވާތީ މިމޭރުމުން ޖަވާބުދެއްވާފައިވީނަމަވެސް އަންހެނުންނަށްވެސް ބެލުން ތިރިކުރުމުގައި އޮތީ ހަމަ މިޙުކުމެވެ. ފިރިހެނުންގެ އަޢުރައަށް ބެލުންވެސް ހުއްދައެއް ނުވާނެއެވެ.

މި ސުވާލުގެ ޖަވާބުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ މަގުމަތިން ނުވަތަ އެނޫންވެސްތަނަކުން ތިމާގެ ޤަޞްދެއް ނެތި ފެނުމަކުން ފާފަވެރިނުވާނެކަމަށެވެ. ފެނިއްޖެ ނަމަ އަވަހަށް އިސް ތިރިކުރަން ޖެހޭނެ ކަމަށާއި އިސް ތިރިނުކޮށް ޤަޞްދުގައި ބެލުމުން ފާފަވެރިވާނެ ކަމަށެވެ.

 

މިއަދު އޮންލައިން