އެއްވެސް ބުރައަކާނުލާ ކޮންމެ ދުވަހަކު އެތައް ބައިވަރު ޘަވާބުތަކެއް ލިބިގަނެވިދާނެ ޢަމަލެއް! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެއްވެސް ބުރައަކާނުލާ ކޮންމެ ދުވަހަކު އެތައް ބައިވަރު ޘަވާބުތަކެއް ލިބިގަނެވިދާނެ ޢަމަލެއް!  މުފްތީ މެންކް

ހެޔޮ އަމަލެއް ކުރަން ލިބޭ އެންމެ ފުރުޞަތެއްވެސް ދޫކޮށްނުލާށެވެ! އެ ޢަމަލުކުރާށެވެ! އެއިރުން ތިބާ މަރުވާނީ ހިނިތުންވަމުންނެވެ. ހިނިތުންވެހުރެއެވެ.

އަހަރެމެން ކޮންމެ މީހަކީވެސް ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު މީހުންނާއި ބައްދަލުވާ މީހެކެވެ. ވީހާ ގިނަ މީޙުންނާއި ބައްދަލުވުމަކީ އުފާކުރަންޖެހޭ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ތިމާއަށް އެތައް ބައިވަރު ޘަވާބުތަކެއް ޙާޞިލުކުރުމުގެ ފުރުޞަތު އޮތުމުންނެވެ.

އެއީ ކުރަންވެސް ވަރަށް ފަސޭހަކަމެކެވެ. ހަމައެކަނި ކޮށްލަންވީ ކަމަކީ އެމީހާއަށް ނުއަންގައި އެމީހާއަށްޓަކައި ހެޔޮ ދުޢާއެއް ކޮށްލަންވީއެވެ. "ޔާ ﷲ! އޭނާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނދޭވެ! އާމީން" ހިތަށް އަރުވައިލިނަމަވެސް އެއޮތީ ދުޢާކުރެވިފައެވެ. ކޮންމެހެން އޭނާގެ ނަންވެސް އެނގޭކަށް ނުޖެހެއެވެ. ތިބާ ދުޢާކުރީ ކާކަށްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

އަދި ކީއްހެއްޔެވެ؟ އޭނާއަށް ނުއަންގައި އޭނާއަށް ދުޢާކުރުމުން ތިބާ އާއިއެކުގައިވާ މަލާއިކަތާ ހަމައެފަދައިން ތިބާއަށްޓަކައި ހަމަ އެފަދައިން ދުޢާކުރައްވަވާނެތެވެ.

މިހައި ފަސޭހައިން މިހައި ގިނަ ޘަވާބު ކޮންމެ ދުވަހަކު ހޯދެން އޮއްވައި ގިނަ މީހުން ޘަވާބު ހޯދުމުގެ ބަދަލުގައި ދަނީ އިތުރަށް ފާފަވެރިވަމުންނެވެ. އެއީ އޭނާ އާއިމެދު ނުބައި ވާހަކަތައް ދައްކާތީއެވެ. ނިކަން ވިސްނައިލަބަލާށެވެ! ރަނގަޅު މީހަކާއިމެދު ނުބައި ވާހަކައެއް ދެއްކިއްޖެނަމަ އެކުރެވެނީ ކިހައި ބޮޑު ފާފައެއް ކަމާއިމެދުގައެވެ. ނުބައި މީހެއް ނަމަވެސް އޭނާގެ ޒާތީ ކަންކަމާއިބެހި ވާހަކަ ދައްކަން ހުއްދަނުވާތީއެވެ. އެއީ ޣީބަބުނުން ކަމުގައިވެގެންދާތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން