ކިތަންމެ ރުޅިއަޔަސް އެއްވެސް މީހަކު މަރުވަން އެދުމަކީ ކުރެވޭ ބޮޑުފާފައަކަށްވާއިރު ބައިވެރިޔާ މަރުވަން އެދެން ހެޔޮނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކިތަންމެ ރުޅިއަޔަސް އެއްވެސް މީހަކު މަރުވަން އެދުމަކީ ކުރެވޭ ބޮޑުފާފައަކަށްވާއިރު ބައިވެރިޔާ މަރުވަން އެދެން ހެޔޮނުވާނެ!: މުފްތީ މެންކް

މުސްލިމުން ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ކިތަންމެ ރުޅީއައިނަމަވެސް އަދި އުފާވިނަމަވެސްމެއެވެ.

މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް، އެމީހާގެ ސަބަބުން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އެއްވެސް މީހަކު މަރުވުމަށް އެދުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ! އަދި އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އެހެންކަމާއިއެކުވެސް ފިރިމީހާ އަވަހަށް މަރުވާން އެދޭ އަނބިންނާއި އަނބިމީހާ އަވަހަށް މަރުވާން އެދޭ ފިރިންވެސް ބައިވަރެވެ. މިއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ.

އަނބިމީހާ މަރުވެއްޖެ ނަމަ އަވަހަށް ކައިވެނި ކުރަން 3، 4 އަންހެނުން ކިޔޫގައި އަބަދުވެސް އެބަ ބައިތިއްބަމުއެވެ. ބައެއް ފިރިހެނުން އެ ކިޔޫގައި އޭނާގެ އެންމެ ހަގު ފަހަރި ވެސް ބަހައްޓައިގެން އަނބިމީހާއަށްވުރެ ގިނަ ޚަރަދުތައްވެސް އެބަ ކުރެއެވެ. އަނބިމީހާޢަށްވުރެ ގިނަ ވަގުތުވެސް ފަހަރި ކޮއްކޮއަށް އެބަ ދެއެވެ. އަދި މާގިނައިން އުފާވެރި ހިނިތުންވުންވެސް އެބަ ދައްކައެވެ.

އަޅެ އަވާމެންދުރަށް ހެއްލިގެން އެ ފައިސާތައް ބޭކާރު ޚަރަދުތައް ނުކޮށް އެ ފައިޞާ ޞަދަޤާތް ކުރާ ނަމަ އާޚިރަތުގެ އެކައުންޓަށް ދާނީ ޖަމާވަމުން ނޫންހެއްޔެވެ؟ ފަހަރިންވެސް ހިމެނޭ ގޮތުން ދެފަރާތުގެ ޢާއިލާއަށް ހޭދަކުރުމަކީ މަތިވެރި ޞަދަޤާތެވެ! ނަމަވެސް މިހާލަތުގައި އެކަން ޞަދަޤާތަކަށް ނުވަނީ ނިޔަތް ތަފާތުވުމުންނެވެ! ހޭދަކުރާ މަޤްޞަދުގެ ގޮތުންނެވެ! އަމިއްލަ އެދުމެއް ޙާޞިލުކުރުމުގެ ނިޔަތް އޮތުމުންނެވެ!

އަހަރެންގެ ސުވާލަކީ ކުރިން މަރުވާނީ އަނބިމީހާކަން ތިބާއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެވާހަކަ ބުނީ ކިހައި ހިސާބަކުން ފޭބި ކާކު ހެއްޔެވެ؟ މިފަދަ ކަންކަމަށް ތަންކޮޅެއް ބޮޑަށް ހޭލުންތެރިވން އަދިވެސް ނުވަނީ ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން