ބޮލުގައި އިސްތަށްޓެއް އިންދައިލަން އެތައް ހާސް މޭލަކަށް ދަތުރުކޮށް ބޮޑެތި ޚަރަދުކުރާ މީހާ ޙައްޖު، ޢުމުރާ ނުވީމާ ސުވަރުގެ ވައްދަވާނެތަ؟: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބޮލުގައި އިސްތަށްޓެއް އިންދައިލަން އެތައް ހާސް މޭލަކަށް ދަތުރުކޮށް ބޮޑެތި ޚަރަދުކުރާ މީހާ ޙައްޖު، ޢުމުރާ ނުވީމާ ސުވަރުގެ ވައްދަވާނެތަ؟: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ މުސްލިމަކުވެސް ބުނާނީ ސުވަރުގެ ވަންނަން ބޭނުންވާ ކަމަށެވެ. އެކަމަކު ސުވަރުގެ ވަންނަން ކުރަންޖެހޭ ކަންކަން ކުރުމުގެ ވާހަކަ ދައްކައިފިނަމަ ދައްކާނީ ބަހަނާއެކެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

ބޮލުގައި އިސްތަށްޓެއް އިންދައިލަން އެތައް ހާސް މޭލަކަށް އެބަ ދަތުރުކުރެއެވެ! އެތައް ހާސް ޑޮލަރެއް އެބަ ޚަރަދުކުރެއެވެ. ނަމަވެސް އެންމެ ކުޑަމިނުން ޙައްޖު ނުވަތަ ޢުމްރާއެއްވެލުންވެސް ވެފައި މިއޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ. އެކަމަށް ވގުތުކޮޅެއް ހޭދަކުރުމާއި ފައިސާކޮޅެއް ޚަރަދުކުރުން ވެފައި މިއޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ!

އަދި ކީއްހެއްޔެވެ؟ ހައިހޫނުކަމުގައި ހުރި މިސްކީނަކަށް އެއްޗެއް ދިއްކޮށްލުމާއި ނަމާދުކުރުންވެސް ވެފައި މިއޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ!

އެކަން އެނގިގެންދަނީ މީސްތަކުން ކުރާ ސުވާލުތަކުންނެވެ. ގިނަބައަކު ސުވާލުކުރަނީ ދަތަށް މިވެނިގޮތެއް ހެދުން ހުއްދަތޯއެވެ؟ މޫނު ރީތިކުރަން މިވެނިކަމެއް ކުރުން ހުއްދަތޯއެވެ؟ އޭނާފެ ފުރާނައަށް ބޭނުންވާ ޒީނަތްތެރިކަމުގެމަތިން ހަނދާންހުރެ ސުވާލުވެސް ކުރަނީ މަދު މީހެކެވެ.

ދެން ނިކަން ބުނެބަލާށެވެ! މަރުވުމުން އެމީހަކަށްވާނީ ކިހިނަކުންހެއްޔެވެ؟ ޔަޤީންކުރާށެވެ! ހަށިގނޑު ކިތަންމެ ބޮޑަށް ޒީނަތްތެރިކުރި ނަމަވެސް އެއީ ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫނެވެ! ސުވަރުގެ ވަނުމަށް އެދޭމީހާއަށް އޮތީ އޭނާގެ ފުރާނަ ޒީނަތްތެރިކުރުމެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން