ކޮންމެ ކަމަކަށް ދަތިވިނަމަވެސް ނަމާދުކުރަން ފަށާށެވެ! އެއީ ދިރިއުޅުން މުޅިން ބަދަލުކޮށްލައިދޭ، ހިތްތައް އުފަލުން ފުރިގެންދާނެ ގޮތް މިންވަރުކުރައްވަވާ ކަމެކެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކޮންމެ ކަމަކަށް ދަތިވިނަމަވެސް ނަމާދުކުރަން ފަށާށެވެ! އެއީ ދިރިއުޅުން މުޅިން ބަދަލުކޮށްލައިދޭ، ހިތްތައް އުފަލުން ފުރިގެންދާނެ ގޮތް މިންވަރުކުރައްވަވާ ކަމެކެވެ! އިން ޝާ ﷲ

ނަމާދުކުރާ ބައެއް މީހުންވެސް ކިރިޔާ ކަމެއް ކުރިމަތިވާއިރަށް އެބަ ނަމާދާއި ދުރުހެލިވެއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

އަދި ނަމާދުނުކުރާ މީހުންނަށް ބުނެލަންއޮތީ ތިމާއަށް ކިތަންމެ ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހި އަދި ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި އުޅެންޖެހުނު ނަމަވެސް އަދި ކިތަންމެ ބޮޑު މާލީ ދަތިކަމެއްގައި އުޅެންޖެހުނު ނަމަވެސް ނަމާދުކުރާ މީހަކަށް ބަދަލުވާށެވެ! މިހާރު ނަމާދުކުރާ މީހުންނަށް ބުނެލަން އޮތީ މިހާރަށްވުރެ ސަޖިދަކުރުން ގިނަކުރާށެވެ!

ފަރުޟް ފަސް ނަމާދާއި ރަވާޠިބު ސުންނަތުގެ 12 ރަކްޢަތާއި ވިތުރިއާއި ދަމުނަމާދުކުރާ މީހަކަށްވާށެވެ! ތިބާގެ މުޅިޙަޔާތް ބަދަލުވެގެންދާނެއެވެ. ޙައްލުނުވެގެން ކަންބޮޑުވާ ހުރިހާ މައްސަލަތަކެއް ޙައްލުކުރެވިގެންދާނެއެވެ. ކުރިމަތިވެފައިވާ ހުރިހާ ހިތްދަތިކަމެއްވެސް ފިލައިގެންދާނެއެވެ. އިން ޝާ ﷲ

އެއީ ކީއްވެގެންތޯ ސުވާލުވެސް ނުކުރާށެވެ! މިބަޔާންކުރީ އަހުރެންގެ ބަހެއް ނޫނެވެ. "ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ތިއަބައިމީހުން ވާގިއެދޭށެވެ!" އޮތް ވަހީ ބަސްފުޅަށް އިތުބާރުކުރާށެވެ! ކިތަންމެ ކުޑަކަމެއް ކުރުމަކީވެސް އަހަރެމެންނަށް ވަރަށް ބުރަ ކަމަކަށްވެދާނެއެވެ! ނަމަވެސް އެކަން ﷲ ތަޢާލާ މިންވަރުކުރައްވަވައި ދެއްވަވައިފިނަމަ ކިތަންމެ ބޮޑު ކަމަކީވެސް އެއްވެސް ބޮޑުކަމެއް ނޫނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން