މިއަދު ގިނަ ބައަކު ބުނާ އެއްވާހަކައަކީ މިވެނި އެވެނި މީހަކު ނަމާދުކުރެއެވެ. އެމީހުންގެ ކިބައަކުން ތަޤްވާވެރިކަމެއް ނުފެނެއެވެ. ކޮށްގެން ނުވާނެ ކަންކަން ކުރެއެވެ. އަނބިދަރިންނަށް އަޅައެއް ނުލައެވެ.
މިކަން ދިމާވާ ސަބަބާއިމެދު ވިސްނައިލާއިރު ނަމާދުކުރިނަމަވެސް އެކަމުގެ ފައިދާ އެމީހަކަށް ކުރާމިންވަރާއިމެދު ކަންބޮޑުވާންޖެހެއެވެ. ނަމާދުކުރަނީ ކުރާހިތުންތޯ އަދި ނަމާދަށް ދޭންޖެހޭ ސަމާލުކަން ދީގެން ކަމާއިމެދު ވިސްނާލަން ޖެހެއެވެ.
އަބުލް ޢާލިޔާގެ ބަސްފުޅެއްގައިވެއެވެ.
ނަމާދުގައި ތިން ކަމެއްވެއެވެ!:
1- އިޚްލާޞްތެރިކަން 2- ބިރުވެތިވުން 3- ޤުރުއާންކިޔެވުން.
އިޚްލާސްތެރިކަން އަޅާއަށް ހެޔޮކަންކަމަށް އަމުރުކުރާނެއެވެ
ﷲ އަށް ބިރުވެތިވުމުން ނުބައިކަންތަކަށް އަރައިގަތުން ނަހީކުރާނެއެވެ
ކީރިތި ޤުރުއާން އަޅާއަށް އަމުރުތަކާއި ނަހީތައްކުރާނެއެވެ!
- ޝައިޚް އަޙްމަދު ރިމާޒް/ އަބުލް ޢާލިޔާގެ ބަސްފުޅެއް