ތިބާ ނަރަކައިން ސަލާމަތްކުރެއްވެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާމިންވަރުން ކުޑަކުޑަ މިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ތިބާ ނަރަކައިން ސަލާމަތްކުރެއްވެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާމިންވަރުން ކުޑަކުޑަ މިންވަރެއް!

ދުނިޔޭގައި މީހާ ދިރިއުޅޭއިރު ކުރިމަތިވާނެ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ފާފަތައް ކުރެވޭނެކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންކަމުން ފާފަތައް ފުހެވި ސުވަރުގެ ވަދެވޭނެ އެތައް މަގުތަކެއް ﷲ ތަޢާލާ ވަނީ ފަހިކޮށް ދެއްވަވައިފައެވެ. 

އަނބިމީހާ މީހަކަށް ޞަދަޤާތެއް ދީފިނަމަ ބައެއް ފިރިން އެބަ ކަންބޮޑުވެއެވެ. ނުރުހުމުގެ ބަސް އެބަބުނެއެވެ. ނަމަވެސް ރަސޫލް އަނބިއަނބިކަނބަލުންނަށް އެކަމަށް ދެއްވެވީ ހިތްވަރުފުޅެވެ. ގޭގައި ބޭނުންކުރަން ނުބަހައްޓައިވެސް ޞަދަޤާތްކުރުމަށް ވަނީ ހިތްވަރުފުޅު ދެއްވަވައިފައެވެ. 

ޞަދަޤާތެއް ކުރުމުގެ ވާހަކަ ދައްކާއިރަށް ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެ ދައްކަނީ އެމީހާގެ އަމިއްލަ މުދައުތަކެއް އެހެން މީހަކަށް ނުވަތަ ބައަކަށް ދިނުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. 

ﷲ ތަޢާލާ އެކަމުގައިވެސް މިންވަރުކުރައްވަވާފައިވާ ރަޙްމަތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ފުރަތަމަ ކަމަކީ ތިބާ އަތުގައި ހުރި ތަކެއްޗަކީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި ތަކެތިކަމެވެ. އެތަކެތި ދެއްވެވުމަށްފަހު އެއަންގަވަނީ ތިމަން ﷲ ތިބާއަށް ދެއްވެވި ތަކެތިން އެހެން މީހުންނަށް ޞަދަޤާތްކުރުމަށެވެ.

އަދި އެފަދައިން ޞަދަޤާތްކުރުމުން ނަރަކައިން ސަލާމަތްކުރައްވަވައިވެސް ދެއްވަނީއެވެ. އަދި މީހަކަށް ދޭނެ އެއްޗެއް އަތުގައި ނެތްނަމަ ހެޔޮ ނަޞޭހަތެއް ދިނުމުން އެއީވެސް ޞަދަޤާތެއް ކަމުގައި ލައްވައި ތިބާ ނަރަކައިން މިންޖުކުރައްވަވައި ދެއްވަވަނީއެވެ. 

ދެން ނިކަންބުނެބަލާށެވެ! މީސްތަކުން ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުމަށް ﷲ ތަޢާލާ އެދިވޮޑިގަންނަވާ މިންވަރު މިވަރުންވެސް ނުއެނގެނީ ހެއްޔެވެ؟ 

ކިތަންމެ ކުޑަ ނަމަވެސް ޞަދަޤާތެއް ކުރުމަކީ ނަރަކައާއި ތިމާ އާއި ދމެދުގައި ލެވިގެންދާ ހުރަހެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

‘Adi ibn Hatim reported: The Prophet, peace and blessings be upon him, said, 

“Guard yourself from the Hellfire, even with half of a date in charity. If one cannot find it, then with a kind word.” 

Source: Ṣaḥīḥ al-Bukhārī 6195, Ṣaḥīḥ Muslim 1016  

ޙަދީޘްފުޅުން އެނގިގެންމިދަނީ ކަދުރުއޮށެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކުރުމުން އެ ޞަދަޤާތް ނަރަކައިން ސަލާމަތްކޮށްދޭ އައްޑަނައަކަށްވާނެކަމެވެ. އަދި ދޭނެ އެއްވެސް އެއްޗެއް އަތުގައި ނެތް މީހާ ހެޔޮ ބަހަކުން ނަމަވެސް ޞަދަޤާތްކުރަންޖެހޭކަމެވެ. އަދި ހެޔޮ ބަހަކީވެސް ހަމަ ޞަދަޤާތް ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން