ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް ރަނގަޅު ނޫން ކަންކަން ވާނީ ހަމަ ރަނގަޅު ނޫން ކަންކަމަށެވެ. މިއީ ސަމާލުކަންދީގެން އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.
ފެންބޯއިރު ވައަތުން ތަށި އުފުލައި ކަނާއަތް ފުލުގައި ޖެއްސުމަކުން ސުންނަތް ޙާޞިލެއް ނުވާނެއެވެ. މުސްލިމުން ކައިބޮއި ހަދަން ޖެހޭނީ ކަނާއަތުންނެވެ. ވީމާ ތަށީގައި ހިފަންވާނީ ކަނައަތުންނެވެ.: (ޝައިޚް ޢާޞިމް އަލް-ޙަކީމް)
އެއްދުވަހު ޔުނިވަރސިޓީގައި ކިޔަވައި ދެއްވި އިމާމަކާއިއެކު ކެއުމެއްގައި ބައިވެރިވީމެވެ. ތަނުގެ ހައިބަތަކަށް ބަލައި ވައަތުން ތަށީގައި ހިފައި ކަނައަތް ތަށީގެ ފުލުގައި ޖެއްސުމުން އިމާމް ވިދާޅުވިއެވެ. "ތަށިބަހައްޓާށެވެ! އަދި ކަނާއަތުން ތަށި އުފުލާށެވެ! ކާތަށި ދޮންނަ ފަދައިން ފެންބޯތަށިވެސް ދޮންނާނީއެވެ." ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
ކަންކަން ކުރުމުގައި ބަލަންވީ އެހެން ބައަކު ރުހޭނެ ގޮތަކަށް ނޫނެވެ. ޘަވާބު ލިބޭނީ ސުންނަތަށް ޢަމަލުކުރުމުންނެވެ