އަބަދުވެސް ހިތްފުރިގެން ހުންނަން ބޭނުންހެއްޔެވެ؟ މިޙަދީޘްފުޅަށް ޢަމަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އަބަދުވެސް ހިތްފުރިގެން ހުންނަން ބޭނުންހެއްޔެވެ؟ މިޙަދީޘްފުޅަށް ޢަމަލުކުރާށެވެ!

ހިތްހަމަޖެހުން ލިބިގަންނަން ބޭނުން މީހާ މިޙަދީޘް ބަސްފުޅަށް ޢަމަލުކުރާށެވެ!

"ތިބާއަށްވުރެ މަތީގައިވާ މީހުންނަށް ނުބަލާށެވެ! ތިބާއަށްވުރެ ދަށުގައިވާ މީހުންނަށް ބަލާށެވެ!" ވީމާ ތިމާއަށްވުރެ ތަނަވަހުގައި އުފަލުގައި އުޅޭ މީހުންނަށް ނުބަލައި ތިމާއަށްވުރެ ދެރަ ނިކަމެތި ޙާލުގައި އުޅޭ މީހުންނަށް ބަލާށެވެ! 

ތިމާއަށްވުރެ މަތީގައި ދިރިއުޅޭ މީހުންނަށް ބެލުމުން އިޙްޞާޞްވާނީ ތިމާގެ ހުރި ނިކަމެތިކަމެވެ. ތިާއަސްވުރެ ދަށުގައިވާ މީހުންނަށް ބެލުމުން ތިމާއަށް ދެއްވަވާފައިވާ މަތިވެރިކަން އިޙްޞާޞްކުރެވޭނެއެވެ! 

Look at those below you (less fortunate than you), and don’t look at those above you, for this is better.” [Muslim] 

ތިމާއަށްވުރެ މަތީގައިވާ މީހުންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެއެވެ. ތިމާއަށްވުރެ ފުދިގެން މާއުފަލުގައި ތިބޭ މީހުން ފެންނާނެތީއެވެ. މުސްލިމުންގެ ސިފައަކަށްވާންޖެހޭނީ ދެއްވެވި މިންވަރަށް ރުހި ފުދިގެންހުރުމެވެ. އިތުރަށް ހޯދަން މަސައްކަތްކުރާށެވެ! އިތުރަށް ދެއްވެވި ނަމަވެސް ދެއްވަވައިފިކަން އެނގޭނީ ވެސް (ޤބޫލުކުރެވޭނީވެސް) ދެއްވެވި މިނަވަރަށް ޝުކުރުވެރިވެގެން ހުންނަ މީހަކަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން