ކައިވެނިނުކޮށް ލޯބިވެގެން އުޅޭކަށް ނުޖެހޭނެ! ދައްތަ ދެއްކި އަންހެނަކާ ކައިވެނިކޮށް ދިރިއުޅެމުން މިގެންދަނީ ވަރަށް އުފަލުގަ!: ޒާކިރް ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކައިވެނިނުކޮށް ލޯބިވެގެން އުޅޭކަށް ނުޖެހޭނެ! ދައްތަ ދެއްކި އަންހެނަކާ ކައިވެނިކޮށް ދިރިއުޅެމުން މިގެންދަނީ ވަރަށް އުފަލުގަ!: ޒާކިރް ނައިކް

މިލިޔުންވެސް ޚާޞްކޮށް މިލަނީ ކައިވެނިކުރާނެ ޢުމުރާއި ގުޅޭގޮތުން ސުވާލުކުރި ކިޔުންތެރިޔާއަށެވެ. މިވާހަކައަކީ ޑރ. ޒާކިރު ނައިކުގެ އަމިއްލަ ޙަޔާތްޕުޅުގައި ކަންކަން ދިމާވި ގޮތެވެ. ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. 

އަހަރެން ކައިވެނިކުރީ އުމުރުން 25 ވަރަކަށް އަހަރުގައެވެ. 2 އަހަރެއްހައި ދުވަސްވަންދެން އަހަރެން ކައިވެނިކުރާނެ އަންހެނަކު ހޯދުމުގެ ކަންކަން ކުރިއަށްދިއައެވެ. ފައިސާވެރިކަމަކަށް އެއްވެސް ވަރަކަށް ނުބަލަމެވެ. ބެލީ ކޮންމެވެސް ވަރެއްގެ ތައުލީމެއް ލިބިފައިވޭތޯ އާއި ދީންވެރިކަމަށެވެ. 

އެ ދެއަހަރުގެ ތެރޭގައި އަހަރެމެންގެ ޘަޤާފަތުގެ ތެރެއިން ވަރަށް ގިނަ ޕްރަޕޯސަލްތައް ލިބުނެވެ. ނަމަވެސް އެއްވެސް އަންހެނަކު ދެކޭކަށް ނުދަމެވެ. އެކަން ޙަވާލުކުރީ އަހަރެންގެ ދައްތައާއިއެވެ. އޭނާއަށް ކަމުދާ އަންހެނަކު ބޮމްބޭއިން ނުފެނުމުން އަންހެނަކު ހޯދައިގެން ގެނައީ ޕޫނާއިންނެވެ. އަހަރެންނާއި ހަމައަށް ގެނައީ އޭނާ އެކަންޏެވެ. އަހަރެން މިހުރީ އޭނާ އާއި ކައިވެނިކޮށްގެންނެވެ. އަލްޙަމްދުލިﷲ. އަހަރެމެންގެ ކައިވެންޏަކީ އުފާވެރި ކައިވެންޏެކެވެ. 

އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެބައޮތެވެ. ކަންކަން މިދަނީ އަހަރުން އަހަރަށް ބަދަލުވަމުންނެވެ. އަހަރެން ކައިވެނިކުރި ދުވަސްވަރާއި މިހާރުގެ ޙާލަތުވެސް މިވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ހޯދުމުގެ ބޭނުމުގައި އެއްވެސް އަންހެނަކު އުމުރުން 23 އަހަރަށްވުރެ ކައިވެނިކުރުން ލަސްނުކުރާށެވެ. ހިތް އެދޭފަދަ މީހަކު ނުލިބުނުނަމަ ލިބުނު މީހަކާއި ކައިވެނިކުރާށެވެ! އެންމެ މުހިންމީ ފާފަކުރުމުން ސަލާމަތްވެހުރުމެވެ. 

މިހެން ބުނުމުން އަހަރެންގެ ފިރިހެންދަރިފުޅު އުމުރުން 26 އަހަރުވީއިރުވެސް ކައިވެނި ނުކޮށްހުރި ސަބަބާއިމެދު ސުވާލުކޮށްފާނެއެވެ. އަހަރެމެން މަސައްކަތްކުރަމުން ދިއައީ 23 އަހަރު ނުވަނީސް ކައިވެނިކުރުވުމަށެވެ. ނަމަވެސް ކަންތައްތައް ދިމާވިގޮތުން ޤައުމު ދޫކޮށް މިވަނީ ހިޖުރަކުރަންޖެހިފައެވެ. އެކަމުގެ ސަބަބުން ބަދަލުތަކެއް ގެންނަން ޖެހުނީއެވެ. ނަމަވެސް އިން ޝާ ﷲ މިއަހަރު ނިމުމުގެ ކުރިން ކައިވެނިކުރެވޭނެއެވެ. އެކަމަށް ދަނީ މަސައްކަތްކުރެވެމުންނެވެ. 

އަންހެން ދަރިންގެ އުމުރުހަގެވެ. ނަމަވެސް މަސައްކަތްކުރަމުން މިގެންދަނީ ވީހައި އަވަހަކަށް ކައިވެނިކުރުވޭތޯއެވެ! 

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން  

މިއަދު އޮންލައިން