ނަމާދުގައި ޚުޝޫޢަތްތެރިވާން އެދޭ ކޮންމެ މީހަކުވެސް މިލިޔުން ކިޔައިލާށެވެ! އަދި އެކުވެރިންނާ ހިއްޞާވެސް ކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ނަމާދުގައި ޚުޝޫޢަތްތެރިވާން އެދޭ ކޮންމެ މީހަކުވެސް މިލިޔުން ކިޔައިލާށެވެ! އަދި އެކުވެރިންނާ ހިއްޞާވެސް ކޮށްލާށެވެ!

އަޅުގަނޑަކީ ވީހާ ފުރިހަމައަކަށް ނަމާދުކުރަން މަސައްކަތްކުރާ މީހަކީމެވެ. އެކަމަކު އަދިވެސް މިއުލެނީ ޚުޝޫޢަތްތެރިވާންޖެހޭ މިންވަރާއި ގާތަކަށްވެސް ޚުޝޫޢަތްތެރި ނުވެވިގެންނެވެ. އެހެންވެ ޚުޝޫޢަތްތެރިކަން އިތުރުކުރަން ކުރެވިދާނެ ކަމެއް ބުނެދެވިދާނެތޯ؟ 

ނަމާދުތަކަށް ރައްކައުތެރިވެ އަދި ޚުޝޫޢަތްތެރިވާން ތިއަކުރާ މަސައްކަތްތަކަށް ހިތްވަރުދެމެވެ. ތިރީގައިވާ ލިޔުމުން އެހީތެރިކަން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. މިނޫންވެސް މިފަދަ އެތައް ލިޔުމެއް މިއަދުނޫހުން ފެނިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ 

ވަރަށް ރަނގަޅަށް މިކަމާއިމެދު ވިސްނައިލާށެވެ! ތިބާ ހުއްޓިހުރީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައެވެ. ﷲ ތަޢާލާ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ. ނަމަވެސް ތިބާގެ ކިބައިގައި އެއްވެސް ސަމާލުކަމެއް ނެތެވެ. ތިބާގެ ވިސްނުމުގައި ﷲ ތައާލާއެއް ނެތެވެ. ސިކުނޑީގައި ދައުރުކުރަމުން ގެންދަނީ މުޅިން ތަފާތު ފިކުރުތަކެކެވެ. ދުނިޔެއިން ތިބާ އެދޭ ކަންތައްތަކެކެވެ. 

ނިކަން ބުނެބަލާށެވެ! އެ ޙާލަތުގައި ތިބާގެ ދަރަޖައަކީ ކޮބައިހެއްޔެވެ؟ ތިބާގެ ހިތުގައި ﷲ ތަޢާލާއަށް ދެވިފައިވަނީ ކޮން ދަރަޖައެއްހެއްޔެވެ؟ ﷲ ތަޢާލާއަށް ލޯބިކުރެވޭ ހެއްޔެވެ؟ ސިކުނޑިއަށް ތިއަ ގެންނަ ކަންކަންވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން އެނގޭ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ތިބާ ނަމާދުކުރަން ޤިބުލައަށް ކުރިމަތިލައި ހުއްޓޭ ވަގުތުން ފެށިގެން ތިބާއަށް އެހުރެވެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައެވެ. ތިބާއަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ނަމަވެސް ތިބާގެ ސަމާލުކަން ﷲ ތަޢާލާއަށް ނުދެވޭނަމަ ތިބާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ ކިޔަމަންތެރިއަކު ކަމުގައިވާނެ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ނަމާދާއިމެދު މިމޭރުމުން ވިސްނާށެވެ! ނަމާދުކުރާ ވަގުތުކޮޅު ﷲ ތަޢާލާއަށް ސަމާލުކަން އިތުރުކުރާށެވެ! ޚުޝޫޢަތްތެރިވާން ގަދައަޅައި މަސައްކަތްކުރާށެވެ! 

އާނއެކެވެ! ޚުޝޫޢަތްތެރިވެވޭނީ ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންނެވެ. ﷲ ތަޢާލާ އެކަން މިންވަރުކުރައްވަވާނީ އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. ވީމާ ވިސްނާށެވެ! ބިރުވެތިވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާއަށް ހުއްޓި ހުންނަން ޖެހޭނެ ދުވަހަށެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ އެވަގުތާއިމެދު ބިރުވެތިވުމެވެ! 

ދުޢާއަކީ އަހަރެމެން އެންމެންނަކީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭ ބައަކު ކަމުގައި ލެއްވެވުމެވެ. އަހަރެމެންކުރާ ނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމެވެ. ޢާމީން – އެންމެންވެސް އާމީން ކިޔާށެވެ! އަދު ހުރިހާ އެކުވެރިންނަށް މި މެސެޖް ހިއްޞާކޮށްލާށެވެ! އެކަމުގެ ސަބަބުން އެންމެ މީހަކު ނަމަވެސް ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކޮށްފިނަމަ އަދި ނުކުރި ނަމަވެސް ތިބާކުރި މަސައްކަތުގެ ޘަވާބު ތިބާއަށް ދެއްވަވާނެތޔެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން