ޤިޔާމަތް ދުވަހަށާއި މަރަށް ބިރުވެތިވެ ތައްޔާރުވާ މީހާ ފުރަތަމަ ކަމަކަށް އަނިޔާވެރިވެވިފައިވާ އެންމެންގެ ކިބައިން މާފު ހޯދުމަށް އަވަސްވެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޤިޔާމަތް ދުވަހަށާއި މަރަށް ބިރުވެތިވެ ތައްޔާރުވާ މީހާ ފުރަތަމަ ކަމަކަށް އަނިޔާވެރިވެވިފައިވާ އެންމެންގެ ކިބައިން މާފު ހޯދުމަށް އަވަސްވެގަންނާށެވެ!

ގިނަ ބައަކަށް އަނިޔާގެ މާނަ އޮންނަނީ އޮޅިފައެވެ. އެހެންވެ މާފަށް އެދެނީ ޖިސްމާނީ ގޮތުން ބޮޑު އަނިޔާއެއް ކުރެވިފައިވާނަމައެވެ. އަނެކާއަށް ދެރައެއް ދިނުން، ހިތުގައި ޖެއްސުން ފަދަ ކަންކަމަކީ ކުރެވޭ އަނިޔާކަމަށް ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ.

އެއްވެސް މީހަކު ޙައްޤަކާއި ނުލައި ތިބާއަށް ކުށްވެރިކުރެވިފައިވާނަމަ، އެއްވެސް މީހެއްގެ ހިތުގައި ޖެއްސިފައިވާނަމަ، އެއްވެސް މީހަކަށް އަނިޔާއެއް ގެއްލުމެއް ދެވިފައިވާނަމަ އަވަހަށް އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ! 

ހަމައެކަނި ދުރުމީހުންގެ ކިބައަކުން ނޫނެވެ. އަނބިން، ފިރިން، މައިންބަފައިން، ޢާއިލާގެ މީހުން ހިމެނޭ ގޮތަށް އެންމެންގެ ކިބައިންނެވެ. 

އެއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ހަމައެއާއިއެކު ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބިރުވެތިވެގެންވެސް ކުރަންޖެހޭނެ ކަމެކެވެ. 

ބައެއް ފަހަރު މާފަށް އެދުމަކީ ލަދުވެތިކަމެއް ކަމަށް އެބަދެކެވެއެވެ. އެއީ ދެރަވެ ނިކަމެތިވުންކަމަށްވެސް އެބަ ދެކެވެއެވެ. އަދި އެގޮތަށް ޤަބޫލުކުރެވި މާފަށް އެދެން އެބަ ފަސްޖެހެވެއެވެ. އެގޮތަށް ފަސްޖެހެވެނީ ޝައިޠޯނާ އެކަމަށް ބާރުއަޅާތީއެވެ. އަދި ޝައިޠޯނާ އެގޮތަށް ބާރުއަޅަނީ ތިބާ ދުނިޔޭގައިހުރެ މާފަށް އެދިއްޖެނަމަ ތިބާއަށް ޤިޔާމަތް ދުވަހު އެކަންކަމުން ސަލާމަތްވެވޭނެތީ އެފުރުޞަތު ދިނަނުދިނުމަށެވެ. 

އަދި ކީއްހެއްޔެވެ؟ މީހަކަށް ކިތަންމެ ގިނަ ރަނގަޅު ކަންތައްތަކެއް ކޮށްދެވިފައިވާއިރު އެމީހަކަށް ނުބައި އެންމެ ކަމެއް ކުރެވި ނުބައި އެންމެ ބަހެއް ބުނެވިފައިވީނަމަވެސް މާފަށް ނުއެދި ނުހުންނާށެވެ! ތިބާގެ ހެޔޮކަމުގެ ފަތް ތިބާގެކޮޅަށް ބުރަކަން ބޮޑުވާނީ އެއިރުންނެވެ! 

އަހަރެންގެ ނަޞޭޙަތަކީ އެއްވެސް މީހެއްގެ ކިބައިން މާފަށް އެދުން މާފަށް އެދުން މާދަމައަށް ވެސް ލަސް ނުކުރުމެވެ. މަރުވާނެ ވަގުތު ނުއެނގޭތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން