ތިމާ ކުރާ ޛިކުރު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުން އެދިގެންނާއި ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އެދި ކުރަންޖެހޭ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ތިމާ ކުރާ ޛިކުރު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުން އެދިގެންނާއި ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އެދި ކުރަންޖެހޭ 2 ކަމެއް!

ތިމާ ކުރާ ޛިކުރު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމަށާއި ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭމީހާ ސަމާލުކަންދީގެން ކުރަންޖެހޭ 2 ކަމެއް ވެއެވެ. 

ފުރަތަމަކަމަކީ ޛިކުރުކުރާއިރު ހަމައެކަނި ހިތަށް އަރުވައިލުމުގެ ބަދަލުގައި ތުންފަތް ތަޅުވައިގެން ދުލުން ކިޔުމެވެ. ދޫ ޙަރަކާތްތެރިކުރުވުމެވެ. ދޫ ޙަރަކާތްތެރިކުރުވުމުން ތުންފަތް ތެޅުވޭނެއެވެ. އެހެނީ ޛިކުރުކުރާއިރު ތުންފަތް ތަޅުވަން ރަސޫލް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައވެ. 

ދެން އޮތީ ދުޢާ ކުރުމެވެ. ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭ މީހާ ހަމައެކަނި ދުލުން ކިޔައިލުމަކުން ނުފުދޭނެއެވެ. ހިތަށް އަރުވަންވާނެއެވެ. އަދި ޢިޖާބަކުރައްވަވާނެކަމަށް ޔަޤީންކުރަންވެސްވާނެއެވެ. ނަމަވެސް ގިނަ ބައަކު ދުޢާކުރާއިރު ދުޢާކިޔަނީއެވެ. އެދުޢާއިން ހިނަމަވައިދެއްވެވުް އެދޭ ކަންކަން ހިތްމައްޗަކަށް ނުގެނެއެވެ. 

ވީމާ އެނގިގެން މިދަނީ ޛިކުރުކުރުމަކީ ދުލުން ކުރަންޖެހޭ ކަމެއްކަމާއި ދުޢާކުރުމަކީ ހިތުންކުރަންޖެހޭ ކަމެއްކަމެވެ. ވީމާ ޛިކުރުކޮށް ދުޢާކުރާއިރު މިކަންކަން ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ. ކުރެވޭ ދުޢާ ހިތްމައްޗަށް ގެންނާށެވެ! ދުލުން ދުޢާއެއް ކިޔައިލާއިއރު ހިތުން އެހެންކަމަކަށް ސަމާލުކަން ދިނުމަކުް ދުޢާ ކުރިކަމަކަށް ނުވާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން