ތިމާއަށް ބޮޑު ކަމެއް ދިމާވެއްޖެނަމަ ސަޖިދައިގައި އޮވެ ކިޔަން ޚާއްޞަ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިމާއަށް ބޮޑު ކަމެއް ދިމާވެއްޖެނަމަ ސަޖިދައިގައި އޮވެ ކިޔަން ޚާއްޞަ ދުޢާއެއް!

اللهُمَّ لا سَهْلَ إلا مَا جَعَلتَهُ سَهْلا وَ أنتَ تَجْعَلُ الحزْنَ إذا شِئْتَ سَهْلا 

މި ދުޢާގެ މާނައީ "ހައްދަވައި ގެންގުޅުއްވަވާ އިލާހްއެވެ. އިނބަ ﷲ ފަސޭހަކޮށްދެއްވެވި ކަމެއް މެނުވީ ފަސޭހައެއް ނުވާނެއެވެ. އިނބަ ﷲ އިރާދަކުރައްވަވައިފި ނަމަ ދަތި އުނގަގޫ ކަންކަން ފަސޭހަކޮށްދެއްވަވައެވެ."  

މިދުޢާއަކީ ތިމާއަށް ބޮޑުކަމެއް ކުރިމަތިވެއްޖެނަމަ ސަޖިދައިގައި އޮވެގެން ކިޔަން ޚާއްޞަ ދުޢާއެކެވެ.  

އަޅުގަނޑުމެން އެއްވެސް މީހަކަށް ކަމެއް ދިމާވާނީ ކުރިން އެކަން އެނގިގެނެއްނޫނެވެ. އެހެންކަމުން އެކަމަށް ތައްޔާރަށް ހުންނަން އެބަޖެހެއެވެ. ތައްޔާރަށް ހުންނަން ކުރަންޖެހޭ ކަމަކީ އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރެވޭ ހާލަތުގައި ތިމާ ހުރުމެވެ.  

މާނައަކީ އަބަދުވެސް ތައުބާވެ ހެޔޮ އަމަލުތައް ކުރުންމަތީގައި ހުންނަ މީހަކު ކަމުގައިވުމެވެ. ޙަލާލު ތަކެތި ކައި ބޮއި ހަދަމުން ގެންދިއުމެވެ. ހަރާމް ތަކެތީގެ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ގޮހޮރުގައި ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނުޖެއްސުމެވެ. ހަމަ އެއްގޮތަކަށްވެސް ބޭނުން ނުކުރުމެވެ.  

ހަމައެއާއިއެކު ނަމާދު ވަގުތުން ވަގުތަށް ކުރުމުގައި ދެމިހުރުމާއި ފަރުޟްތައް އަދާކުރުންމަތީގައި ސާބިތުވެހުރުމެވެ. ގިނަގިނައިން ތައުބާވާ މީހަކު ކަމުގައިވުމެވެ. ދުޢާ ކުރެވޭ ހާލަތުގައި މީހާގެ ހުރިހާ ކަންކަން އަބަދުވެސް ބަހައްޓަމުން ގެންދިއުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން