ވަރިކުރިނަމަވެސް މައިންނާ ދަރިން ވަކިކުރާ މީހާއަށް ދެދުނިޔޭގަވެސް އެކަމުގެ ހިތާމަކުރަން ޖައްސަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ވަރިކުރިނަމަވެސް މައިންނާ ދަރިން ވަކިކުރާ މީހާއަށް ދެދުނިޔޭގަވެސް އެކަމުގެ ހިތާމަކުރަން ޖައްސަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތް!: މުފްތީ މެންކް

ކައިވެނިތައް ރޫޅޭނެއެވެ. ވަރިވާނެއެވެ. ވަރިކުރާނެއެވެ. އަދި އެއީ އެމީހެއްގެ ހަޔާތުގެ ނިމުމެއް ނޫނެވެ. ޙަޔަތުގެ މާއުފާވެރި އައުބާބެއްގެ ފެށުމަކަށްވެސް ވެދާނެއެވެ. 

އެކުވެރިންނޭވެ! ވަރިކުރުން އޮތީ ދެން އެހެން ގޮތެއް ނެތުމުންނެވެ. ދެން އެހެން ގޮތެއް ނެތުމުން ވަރިކުރި ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ވަރިކުރާށެވެ! އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ!  

ޚާއްޞަކޮށް ދަރިން ތިބިނަމަ މައިންނާއި ދަރިން ވަކިނުކުރާށެވެ! އަނބިމީހާއަކީ ގޮތެއް ނެތް ނިކަމެތި އަންހެނަކު ނަމަ ޤާނޫނީ ގޮތުން ދަރިފުޅު ބެލުމުގެ ޙައްޤު ގެއްލިވެސްދާނެއެވެ. އެހިނދު އޭނާ ދަރިފުޅު ދޫކޮށްލާފައި ދުރަސްދާނީ ރޮއި ކަރުނައަޅަމުންނެވެ.  

އެކަމުގެ ނަތީޖާ ފެންނާނެ ގޮތް އެނގޭހެއްޔެވެ؟ މައިމީހާ އާއި ދަރިފުޅު ވަކިކޮށްފިނަމަ އެމީހަކު އެންމެ ލޯބިވާ މީހަކާއި (މީހުންނާއި) ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ވަކިކުރައްވަވާނެތެވެ. މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.  

މައިމީހާ އާއި ދަރިން ވަކިކުރުން ހުއްދަވެގެންވަނީ ޚާއްޞަ ޙާލަތުތަކެއްގައެވެ. އޭނާގެ ކިބައިގައި ހުންނަ ނުބައި އަޚްލާޤެއްގެ ސަބަބުން، ދީންވެރިކަން ނެތުން ފަދަ މައިމީހާ އަށް ދަރިފުޅު ޙަވާލުކޮށްފިނަމަ ދަރިފުޅަށް ގެއްލުން ލިބިދާނެ ޙާލަތުގައެވެ. އަދި މީނުންވެސް މިފަދަ ސަބަބުތައް ހުރިނަމައެވެ.  

ދަރިފުޅު ބަލާނެ ތަނަވަސްކަން ނެތުމަކީ މައިމީހާ އަތުން ދަރިފުޅު އަތުލަންޖެހޭ ސަބަބެއް ނޫނެވެ. އެހެނީ ދަރިފުޅަށް ޚަރަދުކުރުމަކީ ބައްޕަގެ މަސްއޫލިއްޔަތެކެވެ. ބައްޕަގެ މައްޗަށް އޮތް ވާޖިބެކެވެ. ވީމާ މައިމީހާގެ ޙަވާލުގައި ދަރިފުޅު ބަހައްޓައިގެން ދަރިފުޅަށް ޚަރަދުކުރާށެވެ. އަދި ދަރިފުޅުގެ ކަންކަން ގާތުން ބަަލމުން ގެންދާށެވެ!

އެއިރުން އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ    

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން