އަޅުގަނޑު ދައުލަތުގެ ބޮޑު ލާރިއަކުވެސް ނުޖެހޭނަން: ގާސިމް އިބްރާހިމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
އަޅުގަނޑު ދައުލަތުގެ ބޮޑު ލާރިއަކުވެސް ނުޖެހޭނަން: ގާސިމް އިބްރާހިމް

އަޅުގަނޑު ދައުލަތުގެ ބޮޑު ލާރިއަކުވެސް ނުޖެހޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންގެ ހައްލަކީ ޤައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް" މިނަމުގައި ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ "އަޅުގަނޑު ދައުލަތުގެ ފައިސާއަކުން ބޮޑު ލާރިއަކުވެސް ނުޖެހޭނަން. މީގެ ކުރިން ސަރުކާރުގެ ވަރަށްގިނަ މަގާމުތައް އަދާކުރިން އެތިޖޫރީ މި ތިޖޫރީއަށްވެގެން ވިލާގެ ތިޖޫރީއަކަށް ނުވޭ ދުވަހަކުވެސް . ދައުލަތުގެ ބައި ސެންޓު ވެސް ވިލާގެ ތިޖޫރިއަށް ވަދެފައެެއް. އެހެން އެ ވިދާޅުވާ ބޭފުޅުންގެ ތިޖޫރީއަށް މި ލާރި ވަދޭ." ކަމަށެވެ.

ގާސިމް ވަނީ އެމްޑީޕީގެ ކެންޑިޑޭޓު ދެ ފަހަރު އަދި ޕީޕީއެމްގެ ކެންޑިޑޭޓް ވެސް ހޮވަން މަސައްކަތް ކޮށްދެއްވާފައި ވާނެ ކަމަށް ވިދާޅުވެ އެހެންނަމަވެސް މިފަހަރު ޖުމްހޫރީ ކެންޑިޑޭޓް ޓެސްޓްކޮށްލައްވަން އެމަނިކުފާނަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން