ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް ފުރަތަމަ ކުރަންޖެހޭ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް ފުރަތަމަ ކުރަންޖެހޭ ކަންތައް-

އަހުރެމެން ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަމަކަށް އެދި ދުޢާކުރަމުއެވެ. ގިނަ ބައަކަށް އޮޅިފައި އޮންނަ ކަމަކީ ދުޢާކުރުމުގެ ކުރިން ކުރަންޖެހޭ ކަމެއް އޮންނަކަމެވެ. އެހެންވެ އެކަން ނުކޮށް އަވަސްވެގަންނަނީ ދުޢާކުރުމަށެވެ. 

ބުނަންހެއްޔެވެ؟ ދުޢާކުރުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމެއް އެބައޮތެވެ. ފުރަތަމަ ޖެހޭނީ އެކަންތައް ކުރާށެވެ. ދުޢާކުރަންވާނީ އެއިގެ ފަހަތުންނެވެ. އެކަމަކީ އިޚްލާޞްތެރި ތައުބާޢަކުން ތައުބާވުމެވެ. 

ތައުބާވުމުން ލައްވަވާނެ ރަހްމަތްވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. 

﴿11﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا 

"(އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ." 

ވިސްނާށެވެ! ﷲ ތަޢާލާ މީހަކަށް ނުވަތަ ބައަކަށްޓަކައި އުޑުން ރަޙްމަތް އޮއްސަވާއިރު އޮއްސަވާނީ ހަމައެކަނި ވާރޭކަމަށް ހީކުރާށެވެ! އިންސާނާއަށް ބޭނުންވާނެ ހުރިހާ ރަޙްމަތެއް އޮއްސަވާނެތެވެ. އިން ޝާ ﷲ އެއިގެތެރޭގައި އެމީހަކަށް ބޭނުންވާނެ ހިމަނުއްވަވާނެތެވެ. 

ވީމާ ކިތަންމެ ކުޑަ ކަމަކަށް އެދިގެން ނަމަވެސް އަދި ބޮޑު ކަމަކަށް އެދިގެން ނަމަވެސް ދުޢާކުރާއިރު ފުރަތަމަ ކަމަކަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވާންޖެހޭނެއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަކީ އެއީއެވެ. ކިޔަމަންތެރި އިޚްލާޞްތެރި އަޅުންގެ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން