ރަނގަޅު މީހެއްގެ ގޯސްވާހަކަ ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އެމީހާގެއަޞަލަށް ބަދަލެއް ނާންނާނެ! ދަރަޖަ ދާނީ އުފުލެމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރަނގަޅު މީހެއްގެ ގޯސްވާހަކަ ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އެމީހާގެއަޞަލަށް ބަދަލެއް ނާންނާނެ! ދަރަޖަ ދާނީ އުފުލެމުން!

ރަނގަޅަށް ހަނދާން ބަހައްޓާށެވެ. ކިތަންމެ ގިނަ ބައަކު ދޮގުހަދައިގެން ތިބާގެ ގޯސްވާހަކަ ދެއްކުމަކީވެސް އަދި ދޮގުހަދައިގެން ތިބާގެ ކިބައިގައި ނެތް ރަނގަޅު ސިފަތައް އެބަހުރިކަމަށްބުނެ ވާހަކަދެއްކުމަކީވެސް ތިބާގެ އަޞްލު ސިފައަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ. 

ތިބާ ހުރީ ޙައްޤުމަގުގައިކަމަށްވާނަމަ އެނިމުނީއެވެ. ﷲ ތަޢާލާ ތިބާ ނިކަމެތި ނުކުރައްވަވާނެތެވެ. އަދި ތިބާއަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. ވީމާ މީހުން ތިމާ އާއިމެދު ނުވަތަ ތިމާގެ މިޒާޖާއިމެދު، ދައްކާ ގޯސް ވާހަކަތަކުގެ ސަބަބުން، ނުވަތަ ދޮގު ވާހަކަތަކުގެ ސަބަބުން، އަމިއްލަ މީހާ އޮޅޭ، މިންވަރަށް ފިކުރުނުކުރާށެވެ. 

ހަމައެކަނި، މީސްތަކުންގެ ދުލަކީ، ތިމާގެ ތަރުބިއްޔަތު ކަމުގައި، ދުށުމަކީ މޮޔަކަމެކެވެ. ކަންބޮޑުވާންވީ މީހުން ބުނާބަސްތަކަކަށް ނޫނެވެ. އެމީހަކަށް ކުރެވޭ ޢަމަލުތަކަށެވެ. 

ހަނދާންކުރާށެވެ! ކޮންމެ އިންސާނަކީ ވެސް، ޚާއްޞަ މިޒާޖެއް ލިބިފައިވާ މީހެކެވެ. ރަޞޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ، ޞަޙާބީ ބޭކަލުންގެ ތެރޭގައިވެސް، އެ ތަފާތު އޮތެވެ. އަދި އެފަދަ ތަފާތުތަކަކީ، ވަކިވެގަތުމާއި ޒުވާބުކުރުމަށް، އޮތް ސަބަބަކަށް ނުހައްދަވައެވެ. 

ދެމަފިރިއަކު ދިރިއުޅެމުން އަންނައިރު ކިތަންމެ ބޮޑަށް ލޯބިވިނަމަވެސް މި ބުނި ފަދަ ކަންކަން ކުރިމަތިވާނެއެވެ. އެޙާލަތުގައި އެންމެ ފައިދާކުރާނެ ގޮތަކީ ދެމީހުންނަށް އެއްބަސްވެވޭ މިންވަރަށް ދެމީހުންވެސް ދޫދިނުމެވެ. ދެމަފިރިންގެ މައްސަލަތައް ޙައްލުކުރަން ދޫދިނުމަކީވެސް އަޅުކަމެކެވެ. އެހެންކަމަށްވާއިއރު ގޮތް ދޫނުކޮށް ޖަދަލުކޮށް ޒުވާބުކޮށް ކައިވެނި ރޯޅައިލުމުން ދެއްވަވާނެ ޢަޖާބުވެސް ހިތަށް ގެންނާށެވެ!

- "އުންމީދު" / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން